ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު، ދެކުނާއި، މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަވާނެ އެވެ. ރާޅުގެ އުސްމިން އުޅެނީ ދެ ފޫޓާއި ފަސް ފޫޓުގައެވެ.
އުދައަރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން އައްޑޫއަށް ވައިޓް އެލާޓު ނެެރެފައިވަނީ، މިއަދުގެ 10:15 އިން ފެށިގެން 14:00 އަށެެވެ. މެޓުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށެވެ.
ދެކުނުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މިއަދު ވެސް ކ. އަތޮޅުން އައްޑޫ ސިޓީއަށް އުދައަރާނެކަމަށް ލަފާކޮށްފައިވާއިރު، އިއްޔެ ވެސް ވަނީ ވަރަށް ބޮޑަށް މާލެއަށް އުދައަރާފަ އެވެ.