ނަަމަވެސް ބޮލީވުޑުގެ ބައެއް ސްޓާރުން މިވަނީ ސިޒޭރިއަން ހެދިއަސް އަލުން ފިޓުވެވިދާނެކަން ޔަގީންކޮށްދީފައެވެ.
މިގޮތަށް މިކަން ޔަގީންކޮށްދިން އެކަކަކީ ކަރީނާ ކަޕޫރެވެ. ކަރީނާ އަކީ ދެ ފިރިހެންކުދިންގެ މަންމައެކެވެ.
މަލިކާ އަރޯރާއަކީވެސް ސިޒޭރިއަން ހެދުމަށްފަހު އަލުން ފިޓްވެފައިވާ ތަރިއެކެވެ. އޭނާގެ ސްޓެޗް މާކުތައް ބައެއްފަހު މީހުންގެ ލޮލުގައި އަޅައިވެސް ގަނެއެވެ. ނަމަވެސް އޭނާ މިހާރު ސިޒޭރިއަން ހަދައިގެން ވިހޭ މީހެންހެންވެސް ހީނުވެއެވެ.
ޝިލްޕާ ޝެޓީ ވެސް ވަނީ އެނާ ސިޒޭރިއަން ހެދުމަށްފަހު އަލުން އޭނާ ހުރި ބަރުދަނަށް ބަދަލުވެ ފިޓްވެފައެވެ.
ކާޖޮލް ދެ ކުދިން ވެސް ވިހެއީ ސިޒޭރިއަން ހަަދައިގެންނެވެ. އޭނާގެ ބައެއް ފޭނުން ބުނާގޮތުން އޭނާ ދެކުދިން ވެހެއިފަހުން ޒުވާންކަމާ ފިޓްކަން ވަނީ އިތުރުވެފައެވެ.
މަންދިރާގެ ފަރާތުން އެތައްބަޔަކު ވަނީ ހިތްވަރު ހޯދާފައެވެ. އޭނާ ވިހެއުމުގެ ކުރިން ވަރަށް ބޮޑަށް ހަށިގަނޑު ބުރަހެލިވި ނަމަވެސް، މިހާރު އެނާ ވަނީ ކުރިން ހުރިވަރަށްވުރެ ވެސް ބޮޑަށް ހަށިގަނޑު ފިޓްކޮށްލައި ޒުވާންވެފައެވެ.
ސިޒޭރިއަން ހެދިޔާ ކުޑަ މަސްކޮޅެއްގެ ތެރޭގައި އަމްރީތާ ވަނީ އަލުން ފިޓުވެލާފައެވެ. އޭނާއަކީ ވެސް އެތައް ބައިވަރު ބަޔަކު ހިތްވަރު ލިބިގަންނަ ފަންނާނެކެވެ.