ads
ފޮޓޯ: އައިޖީއެމްއެޗް
ހިމަބިހި ކޮންޓްރޯލްކުރަން ވެކްސިން ދިނުމުގެ ބޮޑު ކެމްޕެއިނެއް ފަށައިފި
މީގެ ދޮޅު އަހަރެއް ކުރިން ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ރާއްޖެއިން ފެނިފައިވާތީ އެއީ އައުޓްބްރޭކެއް ކަމުގައި ކަނޑައަޅާ އައުޓްބްރޭކް ކޮންޓްރޯލް ކުރުމަށް ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށައިފި އެވެ.
Advertisement

މިއަދު ފެށި "މަވެސް ޖަހާއިފިން' ކެމްޕެއިނަކީ އައުޓްބްރޭކެއް ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ހިންގާ ކެމްޕެއިނެކެވެ. އެގޮތުން ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ކެމްޕެއިން އެންމެ ފުރަތަމަ ފަށަފައި މިވަނީ މާލޭގެ ސްކޫލްތަކުގަ އެވެ.

މިކެމްޕެއިންގައި 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތުކުދިންނަށް އެމްއާރު ވެކްސިންގެ އިތުރު ޑޯޒެއް ދޭނެ އެވެ. އަދި އަދި 18 މަހާއި 40 އަހަރާ ދެމެދުގެ މީސްލްސް ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތަކަށް ވެކްސިން ޖަހާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. 

މި ކެމްޕެއިންގައި ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވެކްސިން ދިނުމަށް ރޭވިފައިވާއިރު މިއީ ގާތްގަނޑަކަށް ތިން މަސް ދުވަހަށް ހިންގުމަށް ރާވާފައިވާ ކެމްޕެއިނެކެވެ. 

އެގޮތުން ސްކޫލްތަކުގައި މީސްލްސްގެ ދެ ޑޯޒް ހަމަނުވާ ދަރިވަރުންނަށާއި 40 އަހަރުން ދަށުގެ ޓީޗަރުންނާއި މުވައްޒަފުންނަށް ވެކްސިން ދެވޭނެ އެވެ. މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ދާއިރު ބައެއް ބޮޑެތި އޮފީސްތަކުގައި ވެސް 40 އަހަރުން ދަށުގެ ދެ ޑޯޒް ހަމަނުވާ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. 

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ރާއްޖެއަކީ މީސްލްސް ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅީ 2017 ވަނަ އަހަރުއެވެ. ނަމަވެސް މިދިޔަ މަހު ހިމަބިހީގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ ވެކްސިން ނުޖަހައި ކުއްޖެއްގެ ޑޯޒް ފުރިހަމަ ނުކުރާ ކުއްޖެއްގެ ގައިންނެވެ.

އެގޮތުން ހިމަބިހި ނައްތާލުމަށްޓަކައި ސަރުކާރުން ތަފާތު މަސައްކަތްތައް ކުރަމުން އަންނައިރު މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުންނަށް މީސްލްސް ވެކްސިން ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް