އެއް ޖިންސުން ގުޅުން ހިންގިކަން ސާބިތުވެ ނާޒިމް އަބްދުއްސައްތާރު 3 މަހާ 26 ދުވަހުގެ ގޭ ބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ސެޕްޓެމްބަރު މަހުއެވެ.
އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ހައިކޯޓުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި އޮކްޓޫބަރު މަހު އެވެ. ހައިކޯޓަށް މި މައްސަލަ ބަލައިގަނެފައިވާކަން ހައިކޯޓުގެ ރަޖިސްޓްރީން އެނގެއެވެ. އެހެންނަވެސް މައްސަލަ ބަލައިގަތީ ކޮން ދުވަހަކު ކަމެއް ސާފެއް ނުވެއެވެ.
ނާޒިމް ސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލަ ހައިކޯޓަށް ބަލައިގެން އިރު، އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމުން ބޮޑު ބައެއް މިހާރުވަނީ ތަންފީޒުކޮށް ނިމިފައެވެ.