ads
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ--
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހޭ މީހުން ހޯދަނީ
"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތައް ހޯދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށްނ ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެގޮތުން އެކަން ކުރުމަށްޓަކައި އެފަދަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާ ކަމަށެވެ. 

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރާ ފަރާތްތައް އެކަން ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ. 

މިނިސްޓްރީން ބުނީ އެކަން ލިޔުމުން ހުށަހަޅާއިރު ހުޅުމާލެއިން ގޯތި ނުވަތަ ފްލެޓް ލިބޭނެ ކަމަށް ބުނެ ހަވާލުކުރި ލިޔުމާއި އެފަރާތެއްގެ އައިޑީކާޑުގެ ކޮޕީ އާއި ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހޭ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އަންނަ މާޗު މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަން ހައުސިން މިނިސްޓްރީއަށް އެންގުމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް