ads
ތަމަންނާހް ބާތިއާ
ތަމަންނާ ބާތިއާ ޒުވާން މަހުޖަނަކާ ކައިވެނިކުރަނީ
ޓެމިލް. ޓެލެގުރޫ އަދި ހިންދީ ފިލްމުތަކުގެ ތަރި ތަމަންނާ ބާތިއާ މަހުޖަނަކާ ކައިވެނިކުރަން ނިންމާފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
Advertisement

އޭނާ ކައިވެނިކުރަން ނިންމާފައިވާ މީހަކީ މުންބާއީގެ ޒުވާނެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

ކައިވެންޔަށް ތައްޔާރުވުމުގެ ގޮތުން އައު ޕްރޮޖެކްޓުތަކުގައި ސޮއިކުރުން ވެސް އެނާ ވަނީ ހުއްޓާލާފައެވެ. ނަމަވެސް ތަމަންނާ ރަސްމީކޮށް އޭނާ ކައިވެނި ކުރަން އުޅޭކަން އިއުލާނެއް ނުކުރެއެވެ. 

މި ޒުވާން މަހުޖަނަނީ ދުވަސްތަކެއް ވަންދެން ތަމަނާހް ފަހަތުން ކައިވެނިކުރޭތޯ އުޅުނު މީހެއް ކަމަށް ވެސް އިންޑިއާގެ ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވެއެވެ. ނަަމަވެސް އެ މަހުޖަނުގެ ވަނަވަރެއް ހާމައެއް އަދި ނުކުރެއެވެ. 

"ބާހޫބަލީ" އިން މަޝްހޫރުވި އެކްޓަރު ކުރިން އަބަދުވެސް ބުނަމުން ދިޔައީ އޭނާ ކައިވެނިކުރާނެ މީހެއް ކަނޑައަޅާނީ އެނާގެ މައިންފައިން ކަމަށެވެ. 

ތަމަންނާހް އަކީ އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ ތަރިއެއް ނަމަވެސް އެނާ އެންމެ ފުރަތަމަ މަޝްހޫރުވީ ޓެމިލް ފިލްމުތަކުންނެވެ. 

ތަމަންނާހް އާއި ޕާކިސްތާނުގެ ކުރިކެޓު ކުޅުންތެރިއާ އަބްދުއް ރައްޒާގް އާއި ހިތާވިކަމަށް ނޫސްތަކުން ކުރިން ރިޕޯޓުކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ހަބަރު ދޮގުކޮށްފައެވެ. 

24%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް