ފަނޑިޔާރުންނަށް ތާރިގު އިންޒާރު ދެއްވީ، ޕީޕީއެމްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ތާރިގް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން އަނިޔާވެރި ހުކުމެއް ކޮށްފައި ފަނޑިޔާރަކު ސަލާމަތްވާނެކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ.
ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ. ފަނޑިޔާރުންނަށް އިންޒާރު ދީ ތާރިގު ދެއްކި ވާހަކައަކީ ގާނޫނު އަސާސީއާ ހިލާފު ވާހަކަތަކެއް ކަމަށް ގާނޫނީ ބައެއް މާހިރުން ވިދާޅުވެއެވެ. އަދި އެކަމަކީ ކޯޓު ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.