ads
އުއް ބައްތި
އުއް ބައްތީގެ ހުސް ތަށި ސާފުކުރަން ފަސޭހަ ގޮތެއް
އުއް ބައްތިއަކީ ޒަމާނުއްސުރެ ގިނަ ބޭނުންތަކެއް ހިފޭ އެއްޗެކެވެ.

މި ޒަމާނުގައި ގިނައިން އުއްބައްތި ބޭނުންކުރަނީ ތަންތަނުގައި މީރުވަސް ދުއްވުމަށެވެ. މީރު ވަސް ދުވުމުގެ އިތުރުން، މިހާރު ހުންނަ އުއް ބައްތި އެހާ ނަލަވެސް މެއެވެ. އަމުދުން އުއް ބައްތި ލާފައި އިންނަ ތަށިކޮޅު ވެސް އެހާ ރީއްޗެވެ. 

އުއް ބައްތިއެއް އަންދާ ހުސްވުމުން ބައްތި އެއްލާނުލެވެނީ ބައްތި ލާފައިވާ ތަށިވެސް އެހާ ނަަލަވެފައި "ކިއުޓް" ކަމުންނެވެ. ތަށިން އުއްތައް ނައްޓަން މަސައްކަތްކުރުމުގެ ތެރޭގައި ގިނަފަހަރު ތަށި ހަލާކުވެއެވެ. 

ދެރަނުވާށެވެ. އުއްބައްތީގެ ތަށިތައް ސާފުކުރަން ރަނގަޅު ހައްލެއް އެބައޮތެވެ. އެއީ ފްރިޖަށް ހުސް ތަށިތައްލައި އަނދާ ބާކީވެފައި ހުރި އުއްތައް ގަނޑު ކުރުމެވެ. ގަނޑުކުރުމުން އުއްތައް ތަށީގެ ފާރުތަކުން ނެއްޓެއެވެ. ސަބަބަކީ ގަނޑުވުމުގެ ސަބަބުން އުއްގަނޑުގެ ސައިޒު ކުޑަކޮށްދޭތީއެވެ.

އުއް ބައްތި ލާފައި ހުންނަ ތަށި ސާފުކުރުމަށްފަހު ކުދިކުދި އެއްޗެހި އަޅަން އެ ތަށި ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ތަޅުދަނޑިއާ ޕިން ފަދަ ތަކެތި މި ތައްޓަށް އެޅިދާނެއެވެ. 

your imageއުއް ބައްތި: 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް