މި ސަޕްލިމެންޓަރީ ބަޖެޓަކީ އަންނަ އަހަރުގެ ބަޖެޓުގައި މިއަހަރު އިތުރަށް ކުރެވުނު ހަރަދުތައް ގޮތުގައި ހިމަނާފައިވާ 5.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި ބަޖެޓު ތަހުގީގުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވާފައިވަނީ މާލިއްޔަތު ކޮމެޓީއަށެވެ.
މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު އަންނައަހަރުގެ ބަޖެޓުގައި ހިމެނިދާނެތޯ ސުވާލު އުފައްދަވާފައެވެ.
މި ބަޖެޓުގެ ތަފްސީލު ހޯދުމަށް ބަޖެޑު ދިރާސާ ކުރާ ކޮމެޓީއަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެކާށީގެންވާ ވޯޓު ނުލިބުމުން އެ ހުށަހެޅުން ބޭރުވީއެވެ.
ނަމަވެސް ހޯމަ ދުވަހު މި ބަޖެޓާއެކު އަންނަ އަހަރުގެ ދައުލަތުގެ ލަފާކުރާ ބަޖެޓުގެ ކޮމެޓީ ރިޕޯޓު ފޮނުވުމުން ވަނީ އެ ރިޕޯޓަށް ބަހުސް ކުރަންފަށާފައެވެ.
ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަގައި އެއީ ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމެއް ބުނުމުން، ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުވި ސިޓީގައި ޤާނޫނާ ހިލާފު ކަމެއް ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ވިދާޅުވެފައިވާކަމް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ އިތުރުން 160 މިލިއަން ރުފިޔާ އިތުރުކޮށް ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓު ވެސް ވަނީ ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ކޮމެޓީން އިތުރު ކުރި އަދަދާއެކު ދައުލަތުގެ އަންނަ އަހަރުގެ ލަފާކުރާ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާ އެވެ.
ދައުލަތައް އަންނަ އަހަރުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި 40.5 ބިލިއަން ރުފިޔާ ހަރަދުވާއިރު، ޑެފިސިޓު ވާނީ 14.4 ބިލިއަން ރުފިޔާއެވެ.