ގައުމީ ދާރުލްއާސާރު ހިލޭ ބަލައިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ
ފާތިމަތު އަހްމަދު ޝަރީފް
25 ނޮވެންބަރ 2022 - 13:12:52
ހިލޭ ގައުމީ ދާރުލްއާސާރު ބަލައިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
ގައުމީ ދާރުލްއާސާރުން ބުނިގޮތުގައި މާދަމާ ދާރުލްއާސާރަށް ހުރިހާ ފަރާތްތަކަށްވެސް ހިލޭ ވަދެލުމުގެ ފުރުސަތު ދޭނެ އެވެ.
މި ފުރުސަތު ހުޅުވާލާފައި އޮންނާނީ މާދަމާ ހެނދުނު 06:00 އިން އިރުއޮއްސި 18:00 އަށެވެ.
އާންމުކޮށް ދާރުލްއާސާރަށް ވަދެވެނީ ޓިކެޓް ނަގައިގެން ނެވެ.
ޓިކެޓް ވިއްކާ އަގުތަކަކީ:
- ދިވެހި ދަރިވަރުންނަށް 15 ރުފިޔާ
- ބިދޭސީ ދަރިވަރުންނަށް 2 ޑޮލަރު
- ފަސް އަހަރު ފުރި 18 އަހަރު ނުފުރޭ ދިވެހި ކުޑަކުދިންނަށް 20 ރުފިޔާ
- ފަސް އަހަރު ފުރި 18 އަހަރު ނުފުރޭ ބިދޭސީ ކުޑަކުދިންނަށް 5 ޑޮލަރު
- 18 އަހަރުން މަތީ ކޮންމެ ދިވެއްސަކަށް 25 ރުފިޔާ
- 18 އަހަރުން މަތީ ކޮންމެ ބިދޭސީއަކަށް 10 ޑޮލަރު
އާންމު އުސޫލުން ހިލޭ ވަދެވެނީ:
- ސްކޫލު މެދުވެރިވެގެން އަންނަ ދަރިވަރުނަށް
- އުމުރު އެނގޭ ރަސްމީ ލިޔުމެއް ގެންނަ 65 އަހަރުން މަތީ މީހުންނަށް
- އުމުރުން ފަސް އަހަރު ނުފުރޭ ކުޑަކުދިންނަށް އަދި އެ ކުދިން ގޮވައިގެން އަންނަ ބެލެނިވެރިންނަށް
- ހާއްސަ ގޮތަކުން މަރުކަޒުން ހުއްދަ ދޭ ފަރާތްތަކަށް
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް