އެސްއޯއީ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރު ދިރާސާ ކުރުމަށްފަހު އެވެ.
އެގަރާރުގައި ވާގޮތުން، ސްޓެލްކޯ އަދި ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ މާލެއާއި، ރަށްރަށާއި ދެމެދު ވިޔަފާރިތަކަށް ބިލުކުރަމުން ގެންދާ ރޭޓާއި، ބޭންޑުކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭތީ އެކަމުން ރަށްފުށުގެ ކުދި ވިޔަފާރީތައް ހިންގާ ފަރާތްތަކުގެ ވިޔަފާރީއަށާއި އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަމުގެ ކަންބޮޑުވުންތައް އެފަރާތްތަކުން ފާާޅުކުރަމުން ދެއެވެ.
އެގޮތުން ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ، އއ. އަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ރަށްރަށާއި، ފެނަކައިން ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގެ ވިޔަފާރީ ހިންގާ ތަންތަަނަށް ބިލު ކުރާވަރު، މާލޭ ސަރަހައްދުގައި ހަމަ އެ ވިޔަފާރީތައް ހިންގާ ތަންތަނަށް ބިލު ކުރާވަރަށްވުރެ ބޮޑުކަމަށް ގަރާރުގައި ވެއެވެ.
މާލެ އާއި ރަށްފުށާއި ދެމެދު ބޭންޑުކޮށް ރޭޓުކުރަމުންދާ ވަރު
މާލެއަށް ބިލް ކުރާ ރޭޓު
ރަށްފުށުގެ ވިޔަފާރިތަަކަށް ބިލް ކުރާ ރޭޓު
އެ ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަ ކުރުމަށް ގޮވާލައި ހުށަހެޅި މި ގަރާރު ދިރާސާކޮށް އެސްއޯއީ ކޮމިޓީން ނިންމާފައިވަނީ، މާލެ އާއި ރަށްފުށުގެ ވިޔަފާރި ހިންގާ ތަންތަނުގެ ކަރަންޓު ބިލު ރޭޓާއި ފެނާއި ނަރުދަމާގެ ރޭޓުތައް އެއް ހަމަކުރުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެންގުމަށެވެ.
މިގޮތަށް ނިންމުމުގެ ކުރިން އެސްއޯއީ ކޮމިޓީން ފައިނޭންސް މިނިސްޓްރީ އާއި މަޝްވަރާކޮށްފައިވެއެވެ. މިނިސްޓްރީން ފާހަގަކޮށްފައިވާގޮތުގައި ކުރިއަށްއޮތް ތަނުގައި ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އަހަރުން އަަހަރަށް އިތުރުވާނެކަމަށް ލަފާކުރެވެ އެވެ. އަދި އަންނައަހަރު ކަރަންޓަށް ކުރާ ހަރަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ފިނޭންސުން ބުންޏެވެ.