ބިޕާޝާ ބާސޫ އަދި ކަރަން ސިން ގްރޯވާ ކައިވެނިކޮށްފަ ވަނީ 2016 ވަނަ އަހަރު އެވެ. އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އާންމުކޮށް އިއުލާންކޮށްފައިވަނީ، ވިހަން ކައިރިވެފައިވަނިކޮށެވެ.
އޭނާ ވިހާފައިވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ވިހެއުމާއެކު ދަރިފުޅަށް ވަނީ ނަން ވެސް ކިޔާފައެވެ. ނަން ކިޔާފައިވަނީ ކުއްޖާގެ ނަމުގެ ފަހަތަށް ބިޕާޝާ އާއި ކަރަންގެ ނަން ގުޅުވާފައިވެއެެވެ.
ކުއްޖާ އަށް ކިޔާފައިވަނީ، ދޭވީ ބާސޫ ކަރަން ސިންގް ގްރޯވާ އެވެ.
އެންމެފަހުން މިއަދު ބިޕާޝާ މިވަނީ އެމީހުންގެ ދޭވީ ފޭނުންނަށް ދައްކާލާފައެވެ.