ads
ރާފިއު
ދޮންދިގު މައްސަލަ އިސްތިއުނާފުކޮށްފި
އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ، އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ފުލުސް އޮފިސަރު، އަބްދުއްރަހްމާނު ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ޕްރޮސިކިއުޓަ ޖެނަރަލް(ޕީޖީ) އޮފީހުގެ ފަރާތުން އިސްތިއުނާފު ކޮށްފިއެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން ރަފީއުގެ މައްޗަށް އެއްޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ދައުވާކޮށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ރަފީއުގެ މައްޗަށް އިއްވައި ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، ގާޒީއަށް ލިބިދެވޭ އިހުތިޔާރުގެ ދަށުން އެ ކުށުގެ އަދަބު ދެ ދަރަޖަ މަތިކޮށް އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ޕީޖީ އޮފީހުން އޭރު “ސީއެންއެމް” އަށް ބުނީ، ކްރިމިނަލް ކޯޓުން ރަފީއުގެ މައްޗަށް ކަނޑައެޅި އަދަބު އިސްތިއުނާފުކުރުމަށް ނިންމާފައިވަނީ، އަދަބާއިމެދު ހިތްހަމަނުޖެހޭތީ ކަމަށެވެ. މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާފައިވަނީ މި ހަފްތާ ތެރޭއެވެ. އެ މައްސަލައިގައި ހައިކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން ރަފީއުގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، މި މައްސަލާގައި މީގެ ކުރިން ހުކުމް އިއްވި ދެމީހުންނަށްވެސް އިއްވާފައިވަނީ ކުޑަ ހުކުމެކެވެ. މި މައްސަލާގައި އެންމެ ކުޑަ އަދަބެއް އިއްވާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށެވެ. އޭނާއަށް އިއްވީ ތިން މަހުގެ ގޭބަންދު ހުކުމެކެވެ. އޭނާގެ އަދަބު ލުއިވި ސަބަބަކަށް ބުނެފައިވަނީ އެކަމާއި ހިތާމަފާޅުކޮށް، އާއްމުކޮށް މައާފަށް އެދުމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް