ads
އައްޑޫ ބަހުން ހުތުބާ ކިޔައިގެން ސަސްޕެންޑް ކުރި މުދިމު މީހާ - ފޮޓޯ: އައްޑޫ ލައިވް
ސަސްޕެންޑު ކުރި މީދޫ މުދިމުގެ ސަސްޕެންޝަން އުވާލައިފި
އައްޑޫ ބަހުން ހުކުރު ހުތުބާ ކިއުމާއި ގުޅިގެން ސަސްޕެންޑު ކުރި އައްޑޫ ސިޓީ މީދު މުދިމުގެ ސަސްޕެންޝަން އުވާލައިފި އެވެ.

އައްޑޫ ބަހުން ހުތުބާ ކިއުމާއި ގުޅިގެން ސަސްޕެންޑޫ ކުރީ މީދޫ ހަތީބު މުހައްމަދު ރަޝީދު އެވެ. އޭނާ ސަސްޕެންޑު ކުރުމާއި ގުޅިގެން މީގެ ކުރިން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ސަސްޕެންޑު ކުރީ މިނިސްޓްރީން ފޮނުވި ހުތުބާ ބަދަލު ކޮށްގެން ކިއުމާއި ގުޅިގެން ކަމަށެވެ. 

މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހުކުރު ނަމާދުގައި އޭނާ ވަނީ ހުތުބާގެ މައިގަނޑަށް ބަދަލު ނުގެނެސް ހުތުބާ އައްޑޫ ބަހުން ގެނެސްދީފަ އެވެ. އަދި އެގޮތަށް އޭނާ އަމަލު ކުރީ، އެރަށުގައި އުޅޭ ބިދޭސީންނަށްވެސް ހުތުބާގައި ކިޔާ ތަކެތި ސާފު ކޮށްދިނުމުގެ ބޭނުމުގަ އެވެ. 

އެކަމާއި ގުޅިގެން އޭނާ ސަސްޕެންޑު ކުރުމުގެ އިތުރުން އޭނާގެ އިމާމު ކަމުގެ ހުއްދަވެސް ވަނީ މީގެ ކުރިން ހިފަހައްޓާފަ އެވެ. 

އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފަ އެވެ. އަދި މިއަދު އޭނާ ވަނީ މިސްކިތުގައި އިމާމުވެ ނަމާދުވެސް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް