އެ މުޒާހަރާއަކީ ސިޓިޒެންޝިޕް ގާނޫނާ ދެކޮޅަށް ބޭއްވި އެއްވުމެކެވެ. މަރުވި މީހުންގެ އަދަދު 13 އަށް އަރާފައިވާއިރު 150 އަށް ވުރެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ދިއްލީގައި މިހާރު ވަނީ ކާފިއު ވެސް އިއުލާނުކޮށްފައެވެ.
އެ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ބުނަނީ އެއީ އިންޑިއާގެ 200 މިލިއަން މުސްލިމުންނަށް ޓާގެޓު ކުރާ ގާނޫނެއް ކަމަށެވެ.