ads
މެންބަރު އަލީ ހުސެއިން މަޖިލީހުގައި
މީހުންނަށް އެންމެ ގިނައިން ފައިސާ ނުދައްކާ ހުރީ ދައުލަތުން: އަލީ ހުސެއިން
މީހުންނަށް އެންމެ ގިނައިން ފައިސާ ނުދައްކާ ހުރީ ދައުލަތުން ކަމަށާއި، ދައުލަތުން މީހުންލައްވާ މަސައްކަތް ކުރުވާފަ ނޫނީ މުދާ ގަނެފަ ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމުން އަދަބު ކަނޑައަޅާ ޖަލައްލާނީ ކާކުތޯ، މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ސުވާލު އުފައްދަވައިފިއެވެ.

ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލްވަނީ މިހާރު ފަށްޓަވާފައެއެވެ. މިކަމާ ގުޅިގެން، ޓްވިޓާގައި އަލީ ހުސެއިންވަނީ ދައުލަތުން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ވާނެ ގޮތަކާ މެދު ސުވާލު އުފައްވަފާއެވެ. 

ދައުލަތުން މީހުންލައްވާ މަސައްކަތް ކުރުވާފަ ނޫނީ މުދާ ގަނެފަ ދައްކަންޖެހޭ ފައިސާ ނުދައްކާ 8 މަސް ނުވަތަ ދޮޅު އަހަރު ވީމާ އަދަބު ކަނޑައަޅާ ޖަލަށްލާނީ ކާކު؟ މީހުންނަށް ދައްކަންޖެހި ނުދައްކާ އެންމެގި ފައިސާ ހުރީ ދައުލަތުން

އަލީ ހުސެއިން މި ސުވާލު އުފެއްދެވިއިރު، ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި, ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. 



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް