ހަޔާތުގެ ކޮންމެ ބާބެއް ގެ ތަޖުރިބާތައް އެއް ސަފުހާއިން އަނެއް ސަފުހާއަށް ގެންދެއެވެ. މިގޮތުން ތުއްތު އިރާއި ކުޑައިރު ދިމާވެފައިވާ ތަފާތު ކަންކަމުގެ އަސަރު ޒަވާޖީ ހަޔާތައް ވެސް ކުރެއެވެ.
އަހަރެމެން އުފަންވެ ތަރުބިއްޔަތު ވާނީ ގޭތެރޭގައި ދިމާވާ މާޔޫސްކަންކަމާއި ވެސް އެކުއެވެ.
މިހެންކަމުން ހަށިގަނޑާއި ސިކުނޑި އަބަދުވެސް ބިރުގަންނަން ނުވަތަ ފިލަން ބޭނުންވެއެވެ.
ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެމެންނަށް ކުޑައިރު ދިމާވާ ކަންކަމުގެ ސަބަބުން ޖަޒުބާތީ ބޭނުންތައް މަދުކުރަމުން ދިޔަކަމުގައި ވީނަމަ ވެސް, ހަޔާތުގެ ބައިވެރިއެއް ހޯދާ ހިސާބުން ވެސް އެ މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.
ކުޑައިރުން ލިބޭ ފިލާވަޅުތަކަކީ ފަހުން ކުރިއަށް އޮތް ހުރިހާ ގުޅުމަކަށް މަގުދައްކަން ބޭނުންކުރާ ފިލާވަޅުތަކެވެ.
ކުޑައިރު ތަޖުރިބާތަކާއި ގުޅުވައިގެން ބައިވެރިން ހޯދުމަށް ވެސް ބައެއް ފަހަރު މަސައްކަތް ކުރަމެވެ.
އެހެންނަމަ ވެސް ކުޑައިރުގެ ޓްރޮމާއަކުން ދިމާވެފައިވާ ކަމެއްގެ އިހްސާސްތަކަށް އަމިއްލައަށް ކެތްކުރި ނަމަވެސް, އަހަރެމެންގެ ޖަޒުބާތުތަކަށް އެކަށީގެންވާ އަޅާލުން ނުލިބުމާއި އަދި އެތައް ކަމެއް ދިމާވުމުން މީހާ "ޝަޓް ޑައުން" (ހުއްޓުން އަރާގޮތް) ވާން ފަށައެވެ.
މިހެންކަމުން ބައެއް ބައިވެރިންގެ އުޅުމުން އެމީހުންގެ ބެލެނިވެންނަކީ ކޮންކަހަލަ ބައެއްކަން ވެސް ދެނެގަނެވިދާނެއެވެ.
މިފަދަބައެއް މިސާލުތަކަށް ބަލައިލާނަމެވެ.
ޖަޒުބާތީ ގޮތުން އެއްބާރުލުން ނުދޭ ބައިވެރިން: ދަރިންނާ ޖަޒުބާތީގޮތުން ދުރުހެލިވެފައިވާ މައިންބަފައިން ތިބި މީހުން ހަޔާތުގެ ބައިވެރިއެއް ހޯދުމުގައި އާދަޔާ ހިލާފަށް ޖަޒުބާތުގައި ޖެހޭ ބައިވެރިން ހޯދައެވެ.
ޖަޒުބާތީގޮތުން އެހީތެރިކަން ބޭނުންވާ ބައިވެރިން: މިފަދަ ބައިވެރިން ހޯދަނީ ކުޑައިރު ބެލެނިވެރިންގެ ފަރާތުން ސަމާލުކަމާއި އެހީތެރިން ރަނގަޅަށް ނުލިބޭ މީހުންނެވެ. އެމީހުން ހޯދަނީ އެމީހުން "ފިކްސް" (ރަނގަޅު) ކުރާނެމީހެވެ.
ތިމާ ކޮންޓްރޯލް ކުރާ ބައިވެރިން: މިއީ ކުޑައިރުގެ ޓްރޮމާގެ އަނެއް ރިފްލެކްޝަނެކެވެ. އިންތިހާއަށް ހަރުކަށި މައިންބަފައިން ތިބި މީހުން، އެމީހުން ހޯދަން ފަށަނީ ގުދުރަތީ ގޮތުން ކޮންޓްރޯލް ނުވަތަ ޑޮމިނޭޓް ކުރާ ބައިވެރިންނެވެ.
ބޭވަފާތެރިވާ ބައިވެރިން: ކުޑައިރު މައިންބަފައިން ގެ ފަރަތުން ބޭވަފައިވާތެރިކަން ފެނިފައިވާނަމަ, ހަޔާތުގެ ބައިވެރިއާއަށް އިތުބާރުކުރަން އުނދަގޫވާނެއެވެ.