ads
އަޅުކަން ކުރަން އުޅުނު ބުދު ތެރޭ ތާށިވި މީހާ
އަޅުކަން ކުރަން އުޅުނު ބުދެއް ތެރޭ މީހަކު ތާށިވެއްޖެ
އަޅުކަން ކުރަން ހަދައިގެން އުޅުނު އެތެއްގެ ބުދެއްގެ ދެފައިގެ މެދުގައި މީހަކު ތާށިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ، އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބުދުފަޅިއެއްގެ ތެރޭގަ އެވެ. ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި، ބުދުގެ ދެފައިގެ މެދުގައި މީހަކު ތާށިވެފައިވާއިރު، އެމީހާ އެތަނުން ސަލާމަތް ވުމަށް ވަރަށް މަސައްކަތް ކުރެ އެވެ. 

އެމީހާ އެތަނުން ސަލާމަތް ކުރުމަށް އެތަނުގައި ތިބި މީހުންވެސް މަސައްކަތް ކުރަމުން ދިޔަ މަންޒަރު ވީޑިއޯ އިން ފެނިގެންދެ އެވެ. އެހެން ނަމަވެސް ވީޑިއޯއިން އެ މީހާ ސަލާމަތް ކުރާ މަންޒަރު ފެނިފައި ނުވެ އެވެ. 

މިކަމާއި ގުޅިގެން އެ ބުދުފައްޅީގެ ފާދިރީއަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، އެ މީހާ އެތަނުން ސަލާމަތް ކުރަން އެތައް ވަގުތެއް ހޭދަ ކުރި ނަމަވެސް އެމީހާ ސަލާމަތް ނުކުރެވުމުން، ބުދުގެ ފައި ކީހާ ލުމަށް ފަހު އެމީހާ ސަލާމަތް ކުރި ކަމަށެވެ. 

އަދި އޭގެ ބަދަލެއްގެ ގޮތުގައި އެމީހާ އުމުރު ދުވަހު އެ ބުދު ފައްޅިއަށް ހިދުމަތް ކޮށްދޭން ޖެހޭނެ ކަމަށް ވެސް ފާދިރީ އާ ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން އެތައް ބައެއްގެ ނުރުހުން ފާދިރީ އަށް ވަނީ ކުރިމަތިވެފަ އެވެ. އަދި ބުދުގެ ފައި ކީހާލަން ޖެހުމަކީ، މީހަކު އުމުރު ދުވަހު ބުދު ފައްޅިއަށް ހިދުމަތް ކުރަންޖެހޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

78%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް