ads
ރިޔާސީ ކޮމިޝަން އެކުލަވާލި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދުނު މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލައިފި
ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފަހު، ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލަތައް، ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލައިފި އެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފަހު، ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލަތައް، ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލައިފި އެވެ.

މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އަނިޔާވެރިކޮށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރައިލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ.

މިއީ، ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން، އަފްރާޝީމްގެ މަރާ ގުޅިގެން ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ކޮމިޝަނުން އެދިފައިވެ އެވެ. އެކަމަކު ތިން މައްސަލައިގައި ވެސް ދައުވާކޮށް ނުދީ ޕީޖީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ތަހުގީގު ފުރިހަމަ ކުރަން ފޮނުވީ މަޒީދާއި ސާމިތުގެ މައްސަލަ އެވެ. ޝަހީމްގެ މައްޗަށް ދައުވާކޮށްފައި ނުވަނީ ފުލުސް އޮފީހަށް ހުށަހަޅައިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ކަމަށް މައުލޫމާތު ލިބެއެވެ. މަރު ކޮމިޝަނުން ހުށަހެޅި މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލި އިރު އެ ކޮމިޝަންގެ ތަހުގީގުތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އަފްރާޝީމާއި އާއި ނޫސްވެރިޔާ ރިލްވާންގެ މަރުގެ ވެސް މުހިއްމު މައުލޫމާތުތަކެއް އާއްމުކުރި އިރު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ކޮމިޝަނުން އަޅައިފައެއް ނުވެ އެވެ. އެކަމަކު އެ މަރުތަކުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުންނާއި އެ މީހުންގެ ދައުރު ވެސް ރިޕޯޓްތަކުގައި ހާމަކޮށްފައިވެ އެވެ.

ކޮމިޝަންގެ މަސައްކަތައް ކުރިއަށްދަނިކޮށް ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމުން އެ ކޮމިޝަނާއި ދޭތެރޭ ދެން ވާނީ ކިހިނެއްކަމާމެދު އާންމު ގިނަ ރައްޔިތުން ސުވާލުއުފައްދައެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުން ހާމަކުރީ އަދި ވަކިގޮތެއް ރައީސް ނިއްމާފައި ނުވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް