ads
ގާޒީ ސްކޫލުގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން
ކޮރަޕްޝަން ބޮޑުވެ، ގާޒީ ސްކޫލުގައި ޓީޗަރުން އިހުތިޖާޖު ކުރަނީ
ގާޒީ ސްކޫލުގައި ކޮރަޕްޝަން ބޮޑުވެ، ޓީޗަރުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ޝުއޫރުތައް ލިޔެފައިވާ ކަރުދާސްތަކާއިއެކު އިހުތިޖާޖު ކުރަމުންދާ ޓީޗަރުން ބުނާގޮތުގައި، ބަޖެޓު ނެތިގެން ދަރިވަރުންނަށް ހަވާލުކުރާ މަސައްކަތްތައް ޕްރިންޓު ކޮށްލާނެ ކާޓްރިޖެއްވެސް ސްކޫލުން ނުގަނެ އެވެ. އަދި ކްލާސްތަކުގައި ލައިޓްސް ނެތްއިރު، ދެ އަހަރުތެރޭ ދެ ފަންކާ ވެއްޓިއްޖެ ކަމަށް ޓީޗަރުން ބުނެ އެވެ.

your imageއިހްތިޖާޖުގެ ތެރެއިން

އެޗްޑީސީގެ މުވައްޒަފަކަށް ހުރެ ގާޒީ ސްކޫލުގެ ސާވާއަށް ވަދުނު މުވައްޒަފަށް ފިޔަވަޅު ނާޅާތީ އެކަންބޮޑުވުންވެސް ޓީޗަރުން ދަނީ ފާޅުކުރަމުން ނެވެ.

”މި މީސް ހެކްކޮށްފި. ޓީޗަރުން ތިބީ ކުދީންގެ ރިޕޯޓް ނުހެދިފައި!! ޒިންމާވާނީ ކާކު؟ ޓީޗަރުންގެ ކުށަކީ ކޮބާ؟ “
-ޓީޗަރެއްގެ ޝުއޫރު-

މީގެ އިތުރުން، ސްކޫލަށް ބެލެނިވެރިން ހަދިޔާ ކުރި ޓީވީތަކަށް ވީނުވީއެއް ނޭނގި ތިން ޓީވީ ގެއްލުމާއި، ސްކޫލް ޓާފް ދަނޑު ކުއްޔަށް ދީގެން ލިބޭ ލާރި ކޮބައިތޯވެސްް ޓީޗަރުން ދަނީ ސުވާލު އުފައްދަމުން ނެވެ. 

މިކަމާއި ގުޅޭގޮތުން ގާޒީ ސްކޫލުގެ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް އަދި ލިބޭގޮތެއް ނުވެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް