ads
ގާޒީ ސްކޫލް އިހްތިޖާޖު ތެރެއިން
އިހްތިޖާޖުކުރި ޓީޗަރުންގެ މައްސަލަ ބަލާނަން: އެޑިއުކޭޝަން މިނިސްޓްރީ
ގާޒީ ސްކޫލުގެ ބޮޑެތި ފައިސާގެ ހިޔާނާތްތަކެއް އެމައްސަލާގައި ހެދި އޮޑިޓުން ފާހަގަވި
ގާޒީ ސްކޫލުގައި އޮތް ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން އިހްތިޖާޖުކުރި ޓީޗަރުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
Advertisement

ބެލެނިވެރިންގެ ފަރާތުން ސްކޫލަށް ލިބޭ ތަކެއްޗާއި، ބެޖެޓު ފައިސާ އަދި އެކި ގޮތްގޮތުން ލިބޭ ފައިސާއަށް ހިޔާނާތްތެރިވަމުންދާ ކަމަށް ބުނެ ގާޒީ ސްކޫލުގައި މިއަދު ޓީޗަރުން ވަނީ އިހްތިޖާޖު ކޮށްފައެވެ. 

އެ އިހުތިޖާޖުގައި ޓީޗަރުންވަނީ، ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުކުރެވޭ ސްކޫލުގެ އެޑްމިނިސްޓްރޭޓަރަކަށް ފިޔަވަަޅު ނާޅައި އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓުމެންޓަކަށް ބަދަލުކުރި ކަމަށް ބުނެ ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެެވެ. 

މިކަމާއި ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިނިސްޓްރީގެ ޑިޕާޓުމެންޓަކަށް އޭނާ ބަދަލުކުރީ ޕްރޮމޯޝަނެއްގެ ގޮތުގައި ނޫންކަމަށާއި، މިނިސްޓްރީން އޭނާއަށް ދޭ ވަޒީފާއެއްގެ ގޮތުގައިވެސް ނޫން ކަމަށެވެ. 

މިނިސްޓްރީން އެބަދަލު ގެނެސްފައިވަނީ، ސިވިލް ސާވިސް ގަވާއިދުގައި ބުނާ، ”އިދާރީގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން ސަރުކާރު އޮފީހެއްގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެ ކަމަށް މިނިސްޓަރަށް އިސްވެރިއަކަށް ގަބޫލުކުރެވުން “ މި މާއްދާއަށް ރިއާޔަތް ކޮށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. 

އެމައްސަލާގައި ކުރިއަށްދަނީ މުވައްޒަފު ޖަވާބުދާރީ ކުރެވުމުގެ މަރުހަލާ ކަމުން، ސްކޫލުގެ އެޑްމިނިސްޓްރޭޓިވްގެ މަގާމުގައި އެފަރާތް ހުރުމަކީ އެކަމުން ސްކޫލަށް އިތުރު މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށް ފާހަގަކުރެވިގެން އެ ބަދަލު ގެނައީ ސްކޫލުގެ ޕްރިންސިޕަލަށް ފޯނުން ގުޅައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

”މިގޮތަށް އަޅުގަނޑުމެން އަމަލުކުރަމުން ދަނިކޮށް އަދި މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތައް ސްކޫލު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތާއި ހިއްސާކުރަމުން ގެންދަނިކޮށް، އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފައިވާ ކަމަށް ބުނެ ސްކޫލުގެ މުވައްޒަފުންތަކެއް އިހުތިޖާޖުކުރި މައްސަލަ މިހާރު އަޅުގަނޑުމެން ބަލަން ފަށާފައިވާ ވާހަކަވެސް ދެންނެވީމެވެ، “ މިނިސްޓްރީގެ ބަޔާނުގައި ވެެއެވެ.

އެ މުވައްޒަފު މިނިސްޓްރީގެ މަގާމަކަށް ބަދަލުކުރީ މިމަހުގެ ހަވަނަ ދުވަހު އެވެ. ނަމަވެސް އޭނާ ހުރީ މިނިސްޓްރީގެ ކޮން މަގާމެއްގައި ކަމެއް މިނިސްޓްރީން ސާފުކޮށެއް ނުދެ އެވެ. އޭނާގެ މައްސަލަތަކުގެ ތެރޭގައި، ސްކޫލަށް ލިބުނު ޓީވީއެއް ގެއަށް ގެންދިޔަ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.

ގާޒީ ސްކޫލުގެ ބޮޑެތި ފައިސާގެ ހިޔާނާތްތަކެއް އެމައްސަލާގައި ހެދި އޮޑިޓުން ފާހަގަވި

މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވާގޮތުން، ގާޒީ ސްކޫލުގެ އެކި ކަންކަމާއި ގުޅިގެން ހުށަހެޅުނު ޝަކުވާތައް މިނިސްޓްރީން ބެލިއިރު ފައިސާ ބެލެހެއްޓުމާއި ގުޅުންހުރި މައްސަލަތަކެއް ފާހަގަކުރެވިފައި ވެއެވެ. އަދި އެކަމާއި ގުޅިގެން ހެދި އޮޑިޓުން ވެސް މާލިއްޔަތު ގަވާއިދާއި ހިލާފަށް ކަންކަން ހިނގާފައިވާކަން ފާހަގަކުރެވުނު ކަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުން ފާހަގަ ވެއެވެ. 

މިނިސްޓްރީން ބުނިގޮތުން:

  • ސްކޫލުގެ މުދަލާއި ފައިސާ ހަރަދުކުރުމުގައި މާލިއްޔަތު ގަވާއިދާއި ހިލާފަށް ބައެއް ކަންކަން ހިގާފައިވޭ
  • އެމައްސަލަ ބެލުމަށް އިދާރީ ތަހުގީގެއް ހިންގުނު
  • މައްސަލަ ދިގުލައިގެން ދިޔައީ އިދާރީ ތަހުގީގުތެރެއިން އިތުރު މައްސަލަތައް ވެސް ފާހަގަކުރެވުމުން
  • މިހާރުވަނީ  އިދާރީ ތަހުގީގު ނިމި އިހުމާލުވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފެށިފައި  

އަދި އެމައްސަލާގެ ރިޕޯޓު ނިމިފައިވަނިކޮށް، ސްކޫލުގެ ދެ މުވައްޒަފަކާއި ގުޅޭ ފޯޖުކުރުމުގެ މައްސަލައަކާއި، ސްކޫލަށް ލިބުނު ޓީވީއެއް މުވައްޒަފަކު ގެއަށް ގެންދިޔަ މައްސަލައެއް ވެސް ފެންމަތިވިކަން މިނިސްޓްރީގެ ބަޔާނުން އެގެއެވެ. އެއީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައަކަށްވުމުން އެ ދެ މައްސަލަވެސް ބަލަމުންދަނީ ފުލުހުންނަށް  ހުށަހަޅައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނިގޮތުން، އެމައްސަލަތަކާއި ގުޅިގެން އެޑްމިނިސްޓޭޓަރު ހިމެނޭގޮތަށް އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރީން، ސިވިލް ސާވިސްގެ ގަވާއިދުގައި ބަޔާންކުރާ ޖަވާބުދާރީވުމުގެ ފުރުސަތު ދެވޭނެ އެވެ. އަދި، ޖަވާބުދާރީއާއިއެކު އަޅަންޖެހޭ ފިޔަވަޅުވެސް އަޅާނެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް