ads
ރައީސް ޔާމީން: ފޮޓޯ---ޕީޕީއެމް
”ފެލާލައިފި“ ނަމުގައި ހުކުރު ދުވަހު ބޮޑު ޖަލްސާއެއް ބާއްވަނީ
”ފެލާލައިފި“ ނަމުގައި ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 20:30 ގައި ކާނިވަލުގައެވެ. 

އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އެ ޖަލްސާއަކީ މި ސަރުކާރުން ރައްޔިތުންނަށް  ވެފައިވާ ވައުދުތައް ނުފުއްދާ، އެކި ނަންނަމުގައި ރައްޔިތުން ”ފެލަމުންދާތީ“ ބާއްވާ ޖަލްސާއެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލި، ހިދުމަތްތަކުގެ އަގު ބޮޑުކޮށްފައިވާ މައްސަލާގައި ވެެސް އަޑުއުފުލާނެ  ކަމަށާއި، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކުރާތީ އެކަމަށްވެސް އެޖަލްސާގައި އަޑުއުފުލާނެ ކަމަށް ހީނާ ވިދާޅުވި އެެވެ.

ތަކެތީގެ އަގުބޮޑުވަމުންދާ މައްސަލާގައި ”ފެލާލައިފި“ ނަމުގައި ޖަލްސާއެއް ބާއްވަން އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ނިންމިއިރު، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ހިދުމަތުން ނަގާ އަގު ބޮޑުކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުން ނެވެ.

އަދި މިހާރުވެސް ބައެއް ތަންތަނުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުކުރަމުންދާއިރު، ރާއްޖޭގެ އެންމެ ދުވަސްވީ، ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއިން އެ ހޮސްޕިޓަލުންދޭ ސިއްހީ ހިދުމަތްތަކުގެ އަގު މާދަމާ އިން ފެށިގެން ބޮޑު ކުރަން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް