ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާމެންދޫ ގައި މި ހިދުމަތް ދޭން ފަށާފައިވަނީ އެރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެކުގައެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން ފައިބަ އަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ދޭގޮތަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
ދިރާގުން ދެކޭ ގޮތުގައި މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރު ކުރުމަށް އެ ރަށުގެ ފަރާތްތަކަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކުގެ ހިދުމަތް ދެމުން ގެންދަނީ ދިރާގުންނެވެ. އެ ކުންފުނިން ފައިބަ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ 85 އިންސައްތަ ގޭބީސީ އަށް ފޯރުކޮށްދީފައިވާއިރު އޭގެ ތެރޭގައި 105 ރަށެއް ވެސް ހިމެނެއެވެ.
އެކުންފުނިން އަބަދު ވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށާއި އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް ދިރާގުން ބުނެއެވެ.