ads
އުފަންވާ ކުއްޖާ ރަޖިސްޓްރީކުރަން ފޫޅުމައި ފޯމު ފުރަައި ހުށަހަޅަންޖެހޭނީ ހޮސްޕިޓަލުން
އަލަށް އުފަންވާ ކުދިން ހަތް ދުވަސްތެރޭ ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ މައުލޫމާތު ފޯމު ފުރައި ކައުންސިލަށް ހުށަހަޅާނީ ކުއްޖާ އުފަންވާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ކަމަށް އަލަށް ތަސްދީގުކުރި ގާނޫނުގަައި ބުނެ އެވެ.
Advertisement

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި ބެހޭ ގާނޫނު ބުނާގޮތުން، އުފަންވާތާ ހަތް ދުވަސްތެރޭ ދަރިފުޅު ރަޖިސްޓްރީ ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. 

ފޫޅުމައި ފޯމު ފުރުމަށް އެދި މައިންބަފައިންގެ ފަރާތުން ކުއްޖާ އުފަންވާ ހޮސްޕިޓަލު ނުވަތަ ސިއްހީ މަރުކަޒަށް ހުށަހަޅަންޖެހޭނެ އެވެ. ނަމަވެސް، އެ ފޯމު ފުރާނީ، ވިހެއުމުގައި އެހީތެރިވެދިން ސިއްހީ ހިދުމަތްތެރި އެކެވެ. އަދި ހަތް ދުވަސްތެރޭ ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭއިރު، ކުއްޖާގެ މައުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށް އެކުއްޖަކު އުފަންވާ ތަނެއްގެ ކައުންސިލަށް ހުށަހެޅުމަކީވެސް އެކުއްޖަކު އުފަންވާ ސިއްހީ ހިދުމަތްދޭ ތަނެއްގެ ޒިންމާއެކެވެ.

ކުއްޖަކު އުފަންވީ ސިއްހީ މަރުކަޒަކަށް ނޫންނަމަވެސް އެ ކުއްޖާގެ ފޫޅުމައި ފޯމު ކުއްޖާގެ މައިންބަފައިންގެ ފަރާތުން ހުށަހަޅަންޖެހޭނީ އެކުއްޖާ އުފަންވި ރަށެއްގެ ނުވަތަ ސިޓީއެއްގެ ސިއްހީ މަރުކަޒަކަށެވެ. މި ހާލަތުގައި ފޫޅުމައި ފޯމު ފުރާނީ އެކުއްޖާ ބެލި ސިއްހީ ހިދުމަތްތެރިޔާ އެވެ.

ފޫޅުމައި ފޯމުގައި ކުއްޖާގެ މަންމައާއި ބައްޕަގެ ފަރާތުން އަދި ސިއްހީ ހިދުމަތްތެރިޔާގެ ފަރާތުން ސޮއިކުރަންވާނެ އެވެ. މަންމަ ނުވަތަ ބައްޕައަށް ސޮއި ކުރެވެން ނެތްނަމަ މައުލޫމާތު ދިން މީހާގެ ސޮއި ފުދެ އެވެ.

މިއަދު އަމަލުކުރަން ފެށި މި ގާނޫނު ބުނާގޮތުން، ފޫޅުމައި ފޯމު ފުރިހަމަކޮށް ވެސް ހުށަހަޅާނީ ސިއްހީ ހިދުމަތްދޭ މަރުކަޒަށެވެ. އަދި އެތަނުގެ ފަރާތުން ކައުންސިލަށް މައުލޫމާތު ފޯމު ހުށަހަޅާތާ ހަތް ދުވަސްތެރޭ އެ ކައުންސިލަކުން ކުއްޖާ ރަޖިސްޓަރީ ކޮށްދިނުން ލާޒިމުވާނެ އެވެ. 

މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރުމުގެ ކަންކަން ނުކޮށްފިނަމަ 5000 އާއި 15،000 ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.  

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް