ads
ޔޯގާ ހަދަނީ: ފޮޓޯ ހައިޑަވޭ ރިސޯޓު
އާތްރައިޓިސްގެ ސަބަބުން ހުޅުތަކުގަ ރިއްސާމީހުންނަށް ކުރެވިދާނެ ބައެއް ޔޯގާ ކަސްރަތު
އާތްރައިޓްސް ނުވަތަ ރާއްޖެބަލީ ވަޔަކީ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ.

އާތުރައިޓިސް އަކީ ތަދުވުމާއި، ހަރުވުމާއި އެކު ހުޅުތަކާއި ކަށިތައް ހަލާކުކޮށްލާ ބައްޔެކެވެ.

މި ބަލި ހޫނު މޫސުމުގައި ގޯސްވެދާނެ އެވެ. ބޭރުގައި ފިނިވެ، އެހާ ގިނައިން އަވި ނުލިބޭ ވަގުތުތަކުގައި މަސްތައް ތަތްވެ ހަރުވެ އެވެ. ހަށިގަނޑުގެ ތެރޭގައި ހޫނު އުފެއްދުމަށްޓަކައި މަސްތައް ފިތޭން ފަށައެވެ. ފިނި ދުވަސް ދުވަހުގެ މި ބަލި ހުންނަ މީހުންގެ ތަދު އިތުރަށް ގޯސްވަނީ އިރުގެ އަލި ނުލިބޭތީއެވެ. 

ޔޯގާ އަކީ އާތުރައިޓިސް ގޯސްވުން ހުއްޓުވުމަށް އެހީތެރިވެދޭ ކަމެކެވެ. ޔޯގާ އަކީ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ވެސް ބޮޑެތި ފައިދާތަކެއް ލިބޭ ކަސްރަތަކަށް ވާއިރު، މިއީ ޖިސްމާނީ ހަރަކާތްތެރިކަން ކުރިއެރުވުމަށް ރައްކާތެރި އަދި ވަރުގަދަ އުކުޅެކެވެ. މީގެ އިތުރުން ޔޯގާގެ ސަބަބުން ބެލެންސް އިތުރުވެ، ފްލެކްސިބިލިޓީ އިތުރުވެ، ނޭވާލާ ނިޒާމުގެ މަސްތައް ވަރުގަދަކޮށްދެ އެވެ. އަދި ޔޯގާގެ ސަބަބުން ސްޓޭމިނާ އިތުރުވެ، ނުތަނަވަސްކަން ކުޑަވެގެންދެއެވެ.

އާތްރައިޓިސްގެ ސަބަބުން ހުޅުހުޅުގައި ރިއްސާ މީހުންނަށް ކުރެވިދާނެ ބައެއް ޔޯގާ ތައް:

ވްރިކްޝަސާނާ:

  • ސީދާ ކޮށް ކޮޅަށް ތެދުވާށެވެ. 
  • އަތްތިލަ އުފުލާލާފައި ސީދާ ސީލިންގާއި ދިމާއަށް ހިފަހައްޓާށެވެ.
  • އެއް ފައި އުފުލާލާފައި އަނެއް ފައިގެ ކުޑަ ކަޅުވާގައި ފައި ބާއްވާށެވެ.
  • ކަނާތު ފައި ވާތު ކަކުލުގައި އެއްފަރާތުގައި ނުވަތަ އެއިން ފެށިގެން އުކުޅުވަޅާ ހަމައަށް ކޮންމެ ތަނެއްގައި ވެސް ވިއްދިދާނެއެވެ.
  • ރަނގަޅީ ފައި ވީވާވަރަކަށް މައްޗަށް ޖެއްސުމެވެ
  • މިގޮތަށް 30 ސިކުންތު ވަންދެން ހިފަހައްޓައިގެން އެންމެ މަދުވެގެން 4-5 ފަހަރު ތަކުރާރު ކުރާށެވެ.

your imageވްރިކްޝަސާނާ

އަޑޯ މުހާ ސްވަނާސަނާ:

  • ބަނޑުން އުށޯންނާށެވެ. 
  • ފަރުބަދައެއް ގޮތައް މެދު ހަށި ހިއްލާލާށެވެ. 
  • އަތް ފުޅާ ކޮށްލައި އަތް ތިލަ ބާއްވާނީ ކޮނޑަށްވުރެ ބޭރުގައެވެ. 
  • ފައި ހުންނަން ވާނީ ރަނގަޅަށް ބިންމަތީގައި ޖައްސާފައެވެ. ދެފައި ކަރިކޮށްފައެވެ. 
  • މިހާރު ބިންމަތީގައި ޖެހިފައި ހުންނަންވާނީ ދެފަޔާއި ދެ އަތްތިަލަ އެކަންޏެވެ.
  • ހަށިގަނޑު ހުންނަން ވާނީ ތިނެސްކަން ބައްޓަމަށެވެ.
  • މިގޮތަކަށް ސިކުންތުކޮޅަކު މަޑުކޮށްލުމަށްފަހު 10 ފަހަރު ރިޕީޓް ކުރާށެވެ. 

your imageއަޑޯ މުހާ ސްވަނާސަނާ

ވިރާބަދްރަސާނާ:

  • ކޮޅަށް ހުންނައިރު ފައި 4 ފޫޓާއި 5 ފޫޓާ ދެމެދުގެ ދުރުމިނެއްގައި ފައި ފަތުރާލާށެވެ.
  • ވާތު ފައި 45 ޑިގްރީގައި އަދި ކަނާތު ފައި 90 ޑިގްރީގައި ހިފަހައްޓައިގެން ކަނާތު ފައިގެ އިނގިލިތައް ކުރިއަށް ދިއްކޮށްލާށެވެ.
  • އަތް ތަޅުންގަނޑާ ސުރެންސުރެން ކޮށް، ކޮނޑުގެ އުސްމިނަށް ގެންނާށެވެ.
  • ކަނާތު ކަކުލާ ދިމާލަށް ގުދުވަމުން ކަނާތްފަރާތަށް ބަލާށެވެ.
  • އުނަގަނޑު ތަޅުންގަނޑާ ސުރެން ސުރެން ކޮށް ސީދަލަށް ބަހައްޓާށެވެ. އަދި ކަނާތު ކުޑަކަޅުވާ ސީދާކޮށް ބަހެއްޓާށެވެ. 
  • މިގޮތަށް 10 އަދި 15 ސިކުންތު ވަންދެން ހިފަހައްޓައިގެން ހުރުމަށްފަހު ދޫކޮށްލާށެވެ. 

your imageވިރާބަދްރަސާނާ

މި ކަސްރަތުތައް ކުރަން ފުރަތަމަ ކޮޅުގައި އުނދަގޫ ނަމަ އެހީތެރިއަކާއެކު ކުރާށެވެ. އަދި އިތުރު ކަސްރަތުތައް ދަސް ކުރުމަށް ޔޯގާ ޓީޗަރެއްގެ އެހީ ހޯދިދާނެއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް