މި ބޫޓު ޖޯޑަކީ ފީފާގެ ރައީސް އަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބޫޓެކެވެ.
ރަތްކުލައިގެ ބޫޓު ހަދިޔާއަކަށް ދިނުމުން ފީފާގެ ރައީސް 'ވާއޮ' އޭ ބުނާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި އަންނަނީ އާންމުވަމުންނެވެ.
ނޯރާ ފަތޭ ގަތަރަށް ދިޔައީ ވޯލްޑްކަޕް ނިންމުމުގެ ހަފްލާގައި އޮތް ޝޯއެއްގައި ޕާފޯމް ކުރަމުށެވެ. ނޯރާ ވަނީ ބަލްގީސް، ރަހުމާ ރިޔާދު އަދި މަނާލް އާއި ގުޅިގެން އެމީހުންގެ ލަވަ "ލައިޓް ދަ ސްކައި" ހުށަހަޅައިފަ އެވެ.
ނޯރާ ފަތޭހީގެ އިތުރުން ޝާހުރުކް ހާން އަދި ދިޕިކާ ޕަދު ކޯން ވެސް ވަނީ ވޯލްޑްކަޕް ނިންމުގެ ހަފްލާގައި ބައިވެރިވެފައެވެ. ވޭން ރޫނީއާއެކު ޝާހު ހާއްސަ ޝޯއެއްގައި ބައިވެރިވިއިރު، ދިޕިކާ ވަނީ ވޯލްޑްކަޕް ތަށި ދަނޑަށް ގެންދިއުމުގެ ޝަރަފު ހޯދާފައެވެ.