ads
އިސް ގާޒީ ޝަކީލް ތަނާޒުލްވި ސަބަބެއް ސާފެއް ނުވޭ
ފުއްގިރި މައްސަލައިން އިސް ގާޒީ ޝަކީލް ތަނާޒުލްވެއްޖެ
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ހިޔާނާތުގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުން އިސް ގާޒީ އަހުމަދު ޝަކީލު ތަނާޒުލްވެވަޑައިގެންފި އެވެ.
Advertisement

ގާޒީ ޝަކީލު އެމައްސަލައިން ތަނާޒުލްވެވަޑައިގެން ސަބަބެއް ސާފެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން މިއަދު ”ސީއެންއެމް“ އަށް ބުނީ، އެ މައްސަލައިގެ ޝަރީއަތް ދެން ކުރިއަށް ގެންދަވާނީ ގާޒީ އަލީ ނަދީމް ކަމަށެވެ. 

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތެއް ނިންމުމުގެ މަރުހަލާގައި އޮތް މި މައްސަލައިން ގާޒީ ޝަކީލު ތަނާޒުލްވެވަޑައިގެން އިރު، އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރު ދުވަސްވަނީ ވެފަ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. 

މި މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕީޖީން ދައުވާކޮށްފައިވަނީ:

  • ރައީސް ޔާމީންގެ މައްޗަށް، 
  • ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށް، 
  • ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް
  • ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް