ads
ފ. ނިލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުން. ފޮޓޯ:އެމްޓީސީސީ
47 މިލިއަން ރ. އަށް ނިލަންދޫ ގޮނޑުދޮށާއި އިނގުރައިދޫ ބަނދަރު ހަދަން ހަވާލުކޮށްފި
ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އާއި ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
Advertisement

މި ދެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 503 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައި، 20 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުމާ އެކު އިރުއުތުރު ފަރާތުގައި 429 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. 

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 29.90 މިލިއަން ރުފިޔާ އަށް 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންްޓެއް ހެދުމަށް ފަހުގައެވެ.

މި މަޝްރޫއާ އެކު އެ ރަށުން 2015 ވަނަ އަހަރު ހިއްކާފައިވާ ސަރަހައްދު ހިމާޔަތްކުރެވި، ރަށުގެ ޒުވާން އާބާދީ އަށް ހިއްކުނު ސަރަހައްދުގައި ދިރިއުޅުމުގެ އިންތިޒާމުތަކާއި އެ ސަރަހައްދުގައި އިގުތިސާދީ ހަރަކާތްތައް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

your imageރ. އިނގުރައިދޫ ނެރުގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރުން. ފޮޓޯ:އެމްޓީސީސީ

އިނގުރައިދޫ ނެރުގައި ބޭރުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 17.18 މިލިއަން ރުފިޔާ އަށް 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންްޓެއް ހެދުމަށް ފަހުގައެވެ.

މި މަޝްރޫއުގެ ދަށުން 6744.50 ކިއުބިކް މީޓަރުގެ ސަރަަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކޮށް، 145 މީޓަރުގެ ސަރަހައްދެއްގައިި ބޭރުތޮށި ލާނެއެވެ. އަދި 150 މީޓަރުގެ ސަރަަހައްދެއްގައި މިހާރު ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާ އެކު ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެއެވެ. ރަށުގެ ނެރުގައި މިހާރު ލާފާއޮތް ބޭރުތޮށީގެ ސަބަބުން ކަނޑުގަދަ ދުވަސްވަރު އުޅަނދުފަހަރު ވަންނަން މަސައްކަތް ކުރާ ވަގުތު ފަޅުތެރޭގައި ރާޅުބޮޑުވާ ގޮތްވެ އުދަނގޫތައް ދިމާވާ ކަމަށާއި މި މަޝްރޫއާ އެކު އެ މައްސަލަ ހައްލުވެގެންދާނެ ކަމަށް އެމްޓީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް