ads
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން
އިމްރާން ހާން "ޖިންސީ ވާހަކަ"ތަކެއް ދައްކަވާ އޯޑިއޯތަކެއް ލީކުވެއްޖެ
ޕާކިސްތާނުގެ ކިރީގެ ބޮޑު ވަޒީރު އިމްރާން ހާން ޖިންސީ ވާހަކަތަކެއް ދައްކަވާ އޯޑިއޯ ކޯލްތަކެއް އިންޓަނެޓުގައި ލީކު ކޮށްލައިފެވެ.
Advertisement

ދެ އޯޑިއޯ ކޯލް ލީކް ކޮށްފައިވަނީ ޕާކިސްތާނުގެ ނޫސްވެރިޔާ ސައީދު އަލީ ހައިދަރު ގެ ޔޫޓިބް ޗެނަލްގަ އެވެ. 

އެ އޯޑިއޯތަކުގައި އިމްރާން ހާން ވަރަށް ހަޑިހުތުރު ބަހުން އަންހެނަކާ ވާހަކަ ދައްކަވާ އަޑު އިވެ އެވެ. މި އޯޑިއޯ ލީކް ވުމާއެކު ޕާކިސްތާން އަދި އިންޑިއާގެ މީސްމީޑިއާ ކޮމިއުނިޓީއަށް ހީވީ ޒަލްޒަލާއެއް އައި ހެނެވެ. 

އެތަނުން އެއް އޯޑިއޯއެއްގައި ޖިންސީ ގުޅުމުގެ ވާހަކަ ދައްކަވައި އިމްރާން ހާން ކައިރިއަށް އަންހެން މީހާ އައުމަށް އިމްރާން އެދިވަޑައިގަންނަވަ އެވެ. އެކަމާ އަންހެން މީހާ ދެކޮޅު ހަދާ އަޑު އިވެ އެވެ.

މިތަނުން އެއް އޯޑިއޯ އަކީ ތަންކޮޅެއް ދުވަސްވީ އޯޑިއޯ އެއްކަމަށް ވެއެވެ. އަދި ދެ ވަނަ އޯޑިއޯ އަކީ ވަރަށް ފަހުން ރެކޯޑުކޮށްފައިވާ އޯޑިއޯއެކެވެ. 

މި އޯޑިއޯ ތަކަކީ "ފޭކް" ކަމަށް އިމްރާން ހާން ގެ ފާޓީ ޕީޓީއައި އިން ބުނެ އެވެ. ނަމަވެސް ގިނަ މީހުން ބުނާގޮތުން މި އޯޑިއޯތަކުގައި ވާހަކަ ދައްކަވަނީ އިމްރާން ހާނެވެ. އަދި އޯޑިއޯ ލީކު ކުރި ނޫސްވެރިޔާ ވެސް ވަނީ އޭނާ ލީކް ކުރި އޯޑިއޯ ތަކަކީ އިމްރާން ހާންގެ އޯޑިއޯކަން ޔަގީންވާ ހެކި އެބަހުރި ކަމަށެވެ.

18%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް