މަރުގެ އިންޒާރު ދީގެން މިއަދު ހައްޔަރުކޮށްފައިވަނީ މާލޭން އުތުރުގެ ރަށެއްގެ މީހެކެވެ. އޭނާ ބަންދު މުއްދަތަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި މީހާއަކީ ކުށުގެ ރިކޯޑް ގިނަ މީހެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މަރުގެ އިންޒާރު ދީގެން މީހަކު ހައްޔަރު ކުރިއިރު، ގޭތެރޭގައި ހިނގި ހަމަ ނުޖެހުމެއްގައި ބޭބެއަކަށް ވަޅިން ހަމަލާދިން އަންހެނަކުވެސް މިއަދުވަނީ ހައްޔަރުކޮށްފައެވެ.