މަސައްކަތްތަކުގެ މައިދާނަށް ބޭނުންވާ އެކިއެކި އަމަލީ މަސައްކަތްތަކާއި ފަންނީ ހުނަރުތަކުގެ ކޯސްތައް ހިންގުމަށް ހާއްސަ ޕޮލިޓެކްނިކުން މިއަހަރު އެ އިންސްޓިޓިއުޓްގެ ކޯސްތައް 393 ދަރިވަރަކުވަނީ ފުރިހަމަކޮށްފައެވެ.
ޕޮލިޓެކްނިކްގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އަދި ފިޝަރީޒް މިނިސްޓާރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.
ޕޮލިޓެކްނިކް އުފެދިގެން އައީ ޢަމަލީ މަސައްކަތްތަކުގެ މައިދާނަށް ބޭނުންވާ އެކިއެކި ހުނަރުތަކުގެ ކޯސްތައް ހިންގުމަށް ހާއްސަ އިންސްޓިއުޓެއްގެ ގޮތުގައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގެ 3 ރަށެއްގައި ޕޮލިޓެކްނިކްގެ ގޮފިތައް އަންނަނީ ހިންގަމުންނެވެ.