ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މި ހަފްތާ ބަންދުގައި ރައީސް ސޯލިހު ގއ. އަށް ވަޑައިގަންނަވަނީ
މި ފެށޭ ހަފްތާ ބަންދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގއ. ގެ އަތޮޅުތަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މި ހަފްތާ ބަންދުގައި ރައީސް ސޯލިހު ގއ. ދާންދޫ، ނިލަންދޫ، މޭމެންދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށެވެ. 

މިދަތުރުފުޅާއި ބެހޭ އިތުރު ތަފްސީލް ދެއްވަމުން މިއުވާން ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން މި ރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް ރައީސް އިފްތިތާހު ކޮށްދެއްވާނެ ކަމަށާއި، އަދި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓޭގެ ބޭކަނބަލުނާއި އެކު ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ކަމަށެވެ. 

އަދި މި ދަތުރުފުޅުގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށްވެސް ރައީސް ސޯލިހު ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް މިއުވާން ވިދާޅުވި އެވެ. 

ރައީސްގެ މި ދަތުރުފުޅުގައި މާދަމާ މާލެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް