ads
ގާޒީ ސުކޫލްގެ ޕްރިންސިޕަލް ބަޝީރާ --- ފޮޓޯ: މިހާރު
ގާޒީ ސުކޫލްގެ ޕްރިންސިޕަލަށް ބަޝީރާ މުހައްމަދު
ހުޅުމާލޭގައި ހުންނަ ގާޒީ ސުކޫލްގެ ޕްރިންސިޕަލް ކަމަށް ބަޝީރާ މުހައްމަދު ހަމަޖައްސައިފި އެވެ.

ނަވާރަސްތޭކަ އަށްޑިހަ ނުވަ ވަނަ އަހަރު ތައުލީމީ ދާއިރާއާއި ގުޅިވަޑައިގަތް ބަޝީރާ މީގެ ކުރިން ހުންނެވީ، ތާޖުއްދީން ސުކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމުގަ އެވެ. 

އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ގާޒީ ސުކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކުރެއްވުމުން، އެ މަގާމަށް ބަޝީރާ ވަނީ ކުރިމަތިލައްވާފަ އެވެ.

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ މިނިސްޓްރީން ގާޒީ ސުކޫލްގެ ޕްރިންސިޕަލް ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން، އެ މަގާމަށް ބަޝީރާވެސް ކުރިމަތި ލެއްވި ކަމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބަޝީރާ އަށް ގާޒީ ސުކޫލްގެ ޕްރިންސިޕަލް ކަން ހަމަޖެހިގެން ދިޔައީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މީގެ ކުރިން ގާޒީ ސުކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމުގައި ހުންނެވި، މަރިޔަމް މުހައްމަދު ވަނީ ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލުކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް