ޝާހިދު، ޔާމީނަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވީ އެމްޑީޕީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ފެށުމަށް މިރޭ އޮތް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން އިސްނަގައިގެން މިރޭ ބޭއްވި "ޖަގަހަ ޖަލްސާ"ގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމުން "ފެލާލައިފި" ނަމުގައި ބާއްވަން ރާވާފައިވާ ރެލީއަށް ނިސްބަތްކޮށް ޝާހިދު ވިދާޅުވީ ފެލާލީ ކޮންބައެއްކަން ދިވެހިންނަށް އޮޅިފައި ނުވާ ކަމަށެވެ.
”ފެލާލައިފި“ ނަމުގައި ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖަލްސާއެއް ބާއްވަންވަނީ ނިންމާފައެވެ. ޝާހިދުގެ ހަމަލާތައް އަމާޒު ކުރެއްވީ މި ޖަލްސާއަށެވެ.