ads
ހާހަކަށްވުރެ ގިނަ ބައިވެރިންނާއެކު ގައުމީ ގުރުއާން މުބާރާތް
ހާހަކަށްވުރެ ގިނަ ބައިވެރިންނާއެކު ގައުމީ ގުރުއާން މުބާރާތް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ، މިރޭ ކިންގް ސަލްމާން މިސްކިތުގެ ޖަލްސާކުރާ މާލަމުގައެވެ.
މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "މަޚުރަޖާނުލް ޤުރުއާން" އިފްތިތާހްކޮށްދެއްވާފައެވެ. މިހަރަކާތް ކުރިޔަށްދަނީ، ކިންގް ސަލްމާން މިސްކިތުގެ ގޯތި ތެރޭގައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ޤުރުއާނުގެ ޢިލްމާއި އިސްލާމީ ތަޢުލީމް ފެތުރުއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ވަރަށް ޅައުމުރުގައި ކުޑަކުދިން ކީރިތި ޤުރުއާން ހިތުދަސްކުރަމުންދާކަމާއި، ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުންވެސް ފަހުރުވެރި ކާމިޔާބީތައް ހޯދަމުންދާތީ، އެކަންފާހަގަކުރައްވައި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށާއި، ކިޔަވައިދެއްވާ އެދުރުންނަށާއި، ބެލެނިވެރިންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންނަކީ އަބަދުވެސް ޤުރުއާނަށް ލޯބިކުރާ، އަދި ޤުރުއާން ގިނަގިނައިން ކިޔަވާ، ޤުރުއާނުގެ މާނަ އޮޅުންފިލުވައި، ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
ތިން ބަޔަކަށް ކުރިޔަށްގެންދާ، ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތުގައި މިއަހަރު 1023 ބައިވެރިން ކިޔަވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް