ads
ރައީސް ހުވަދު އަތޮޅަޢް ވަޑައިގަތުމަށް ބޯޓަށް އެރުމުގެ ކުރީން : ފޮޓޯ ރައީސް އޮފީސް
ރައީސް ސޯލިހު ގއ. ގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ގއ.ގެ ތިން ރަށަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގއ. ދާންދޫ އަށެވެ، ގއ ނިލަންދޫ އަދި ގއ. މާމެންދޫއަށެވެ.

އެމަނިކުފާނު ގއ. އަށް ކުރައްވާ މި ދަތުރުފުޅުގައި މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް އުމްރާނީ މަޝްރޫއުތައް ނިމިފައިވުމުން، ހިދުމަތްތައް ރަސްމީގޮތުން އިފްތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އެކު އެމަނިކުފާނު ބައްދަލުކުރައްވައި މަށްވަރާކުރަށްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ އިރު، މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ސޯލިހު މާލެ ވަޑައިގަންނަވާނީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް