ads
ވޯލްޑްކަޕްގެ ފައިނަލް މެޗުގެ ތެރެއިން
ވޯލްޑްކަޕް ފައިނަލް އަލުން ކުޅެން ގޮވާލާ ޕެޓިޝަނެއް
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އަލުން ކުޅެން ގޮވާލާ 200000 އަށްވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފިއެވެ.

200000 އަށްވުރެ ގިނަ މީހުން މިހާރު ސޮއިކޮށްފައިވާ މި ޕެޓިޝަން ހަދައިގެން އުޅެނީ ފައިނަލް މެޗުގައި އާޖެންޓީނާ އަތުން ބަލިވި ފްރާންސްގެ ސަޕޯޓަރުންނެވެ. ފައިނަލްގައި ފްރާންސް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. 

ޕެޓިޝަންގައި ބުނެފައިވަނީ ފައިނަލް މެޗުގައި އާޖެންޓީނާއިން ޖެހި ފުރަތަމަ ދެ ގޯލަކީ ގޯސް ދެ ގޯލް ކަމާއި އެ ދެ ގޯލަކީ ރަނގަޅު ދެ ގޯލު ކަމަށް ރެފްރީ ނިންމީ ގޯސްކޮށް ކަމަށެވެ. ފައިނަލް މެޗުގައި ފްރާންސުން ލަނޑު ޖެހީ އާޖެންޓީނާއިން ދެ ލަނޑު ޖެހި ފަހުންނެވެ. ދެ ލަނޑު ޖެހި ފަހުން އާޖެންޓީނާ ކޮޅަށް ދެ ލަނޑު ޖަހައި މެޗު ފްރާންސުން އެއްވަރު ކުރިއެވެ. އިތުރު ވަގުތުގައި އާޖެންޓީނާއިން ލަނޑެއް ޖެހުމުން ފްރާންސުން އަނެއްކާވެސް ލަނޑެއް ޖަހައި އެއްވަރު ކުރިއެވެ. ފްރާންސް ބަލިވީ ޕެނަލްޓީގައެވެ. 

އާޖެންޓީނާގެ ތިންވަނަ ލަނޑަކީވެސް ގޯސް ލަނޑެއް ކަމަށް ފްރާންސްގެ މީޑިއާއިން ރިޕޯޓް ކުރިއެވެ. 

ފްރާންސްގެ ސަޕޯޓަރުން ހަދައިގެން އުޅޭ މި ޕެޓިޝަންގައި ބުނެފައިވަނީ އާޖެންޓީނާގެ ލަނޑުތަކަކީ ގޯސް ލަނޑުތަކެއް ކަމުން މެޗު އަލުން ކުޅެން ޖެހޭ ކަމަށެވެ. 

66%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް