މިރޭ ނިޝާމާގެ ކަށު ނަމާދު އޮންނާނީ އާސަހާރާ މިސްކިތުގައިކަމަށް ކަށު ނަމާދު އެމްވީން އާންމުކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.
އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވާ ފެނުނުތާ 12 ދުވަސް ފަހުން ޕޯސްމޯޓަމަށް ބޭރަށް ފޮނުވިއިރު، އޭނާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ ފައިސަލް ވަނީ ދަންޖެހިގެން މަރުވެފަ އެވެ.
ތިން ކުދިންގެ މަންމަ ނިޝާމާގެ މަރުގެ ތުހުމަތު ކުރެވެނީ އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް އަށެވެ. އުމުރުން 32 އަހަރުގެ ފައިސަލް ދަންޖެހުނީ އޭނާ ހައްޔަރުކޮށްފައި ހުރި ގޮޅިތެރޭ މިމަހުގެ 12 ވަނަ ދުވަހު އެވެ. އޭނާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާތާ، ހަތް ދުވަސް ފަހުން ކްރިޓިކަލް ހާލަތުގައި ވެންޓިލޭޓަރުގައި އޮވެ ވަނީ މަރުވެފައެވެ.