ads
އާލިއާ ބަޓް ވިހެއިތާ ދޮޅުމަސްތެރޭ އޭރިއަލް ޔޯގާ ހަދަނީ
ވިހެއުމަށްފަހު ފިޓު ވުމާ ގުޅޭގޮތުން އާލިއާ ބަޓް ގެ ނަސޭހަތެއް
ވިހެއުމަށްފަހު ފިޓް ވުމަށް މަސައްކަތް ކުރާ އަންހެނުންނަށް ބޮލީވުޑްގެ ތަރި އާލިއާ ބަޓް ނަސޭހަތެއް ދީފިއެވެ.
Advertisement

އާލިއާ ބަޓް ދިން ނަސޭހަތަކީ "ވިހެއުމަކީ ބޮޑުކަމެއްކަން އެނގި ހަނށިގަނޑު ކުރިމަތިލީ ބޮޑު ކަމަކާ ކަން އެނގިގެން ފިޓް ވުމަށް" މަސައްކަތް ކުރުމެވެ. 

މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ވެހެއި އާލިއާ ބުނީ ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް ބޭނުންވާ އަމާޒަށް ދެވޭނެކަމަށެވެ. 

"އަހަރެންގެ ވޯކްއައުޓްތަކުގެ ތެރޭގައި ފުރަތަމަ ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްހާ ދުވަހު އަހަރެން ކުރިހާވެސް ކަމަކީ ނޭވާލުން... ހިނގާލުން... އަނެއްކާވެސް އަހަރެންގެ ސްޓެބިލިޓީއާއި ބެލެންސް ހޯދުން. އަދިވެސް ދިގު ދަތުރެއް ކުރިމަތީގަ އެބައޮތް. ހަށިގަނޑުން ކޮށްފައިވާ ކަންތައްތަކުގެ އަގުވަޒަން ކުރައްވާ،" އާލިއާ ބުނެފައިވެއެވެ. 

މި ނަސޭހަތް އާލިއާ ބަޓް ދީފައިވާއިރު އޭނާ މިހާރު ގެންދަނީ ވިހެއުމަށްފަހު އޭރިއަލް ޔޯގާ ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އާލިއާއަށް ޔޯގާ ހަދައިދެނީ އެމަކަމަށް ހާއްސަ ޓީޗަރެކެވެ. މިއަދު އާލިއާ ވަނީ އޭނާ ވާގަނޑެއްގައި އެކޮޅުކޮޅުން އެލިގެން އޮވެ ޔޯގާ ހަދާމަންޒަރު ދައްކާލާފައެވެ. 

އާލިއާ ބަޓް މިވަގުތު ހުރީ ވިހެއުމަށްފަހު ޗުއްޓީގައެވެ. ޗުއްޓީއަށްފަހު 'ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހަނީ' ކިޔާ ފިލްމެއް ކުޅެން އޭނާ ވަނީ އެއްބަސްވެފައެވެ. ފިލްމުގެ ޑައިރެކްޓަރަކީ ކަރަން ޖޯހަރެވެ.

އާލިއާ އާއި ރަންބީރު ކަޕޫރަށް ލިބުނު އަންހެން ދަރިފުޅަށް ކިޔަނީ ރަހާ ކަޕޫރެެވެ. އެ ދަރިފުޅަށް ދެ މަސް ވާން ގާތް ވެފައިވާއިރު ފޭނުން ތިބީ ރަހާގެ ފޮޓޯ ދެކޭ ހިތުންނެވެ. ނަމަވެސް އާލިއާ ބުނަނީ ދަރިފުޅު ދައްކާލާނީ ހަ މަސް ފުރުމުން ކަމަށެވެ. 

25%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް