ރ. ދުވާފަރު ކައުންސިލްގެ ބައިއިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީ ކެންޑީޑޭޓް ނަޒީމްއަކީ އެ އިންތިހާބަށް އެންމެ ފުރަތަމަ ކުރިމަތި ލުމުން އިލެކްޝަންސްއިން ކެންޑީޑޭސީ ގަބޫލް ނުކޮށްގެން ސުޕްރީމް ކޯޓަށް ގޮސް ކެންޑީޑޭސީ ހޯދި ކެންޑީޑޭޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާނުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ވުރެ 68 ވޯޓު އިތުރަށް ހޯއްދެވި ނާޒިމެވެ.
ވަގުތީ ނަތީޖާ:
• އަހުމަދު ހުސެއިން (އަމިއްލަ ގޮތުން) 298
• ފާތިމަތު އަލީ (ޕީޕީއެމް) 544
• އަބްދުﷲ ނަޒީމް (އެމްޑީޕީ) - 612