ads
ޓުނީޝާ ޝަރުމާ
ތޫނީޝާ ޝަރުމާ ފިލްމު ސެޓުގައި ދަން ޖެހި މަރުވެއްޖެ
އިންޑިއާގެ ފިލްމުތަކުގައި އެކްޓުކުރާ ތޫނީޝާ ޝަރުމާ، 20 ފިލްމު ސެޓެއްގައި ދަންޖެހި މަރުވެއްޖެއެވެ.
Advertisement

އެނާ ދަންޖެހިފައި ހުއްޓާ ފެނުމުން ކުރޫމެންބަރުން ވަނީ ދަންވަރު 1:30 ހާއިރު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެމީހުން ޝޫޓް ކުރަމުން ގެންދިޔަ ފިލްމަކީ "އަލީ ބާބާ ދާސްތާނޭ ކާބުލް" ކިޔާ ފިލްމެކެެވެ. 

އޭނާ ފާހާނަ ތެރޭގައި ދަންޖެހިފައި ހުއްޓާ ކުރޫ މެންބަރުންނަށް ފެނުނީ ސައި ގަޑިއަށް ބްރޭކް ނިންމުމަށްފަހު އަލުން މަސައްކަތް ފަށަން އުޅެނިކޮށެވެ. 

ހޮނިހިރު ދުވަހުގެ ރޭ ހިނގި ހާދިސާއަށްފަހު ފުލުހުން ވަނީ ފިލްމުގެ ބަތޮލުގެ ރޯލު ކުރޭ ޝީޒަން މުހައްމަދު ހާން ކިޔާ އެކްޓަރެއް ހައްޔަރު ކޮށްފައެވެ. 

your imageތޫނީޝާ އަދި އޭނާގެ ކުރީގެ ލޯބިވެރިއާ ޝީޒަން ހާން

ރިޕޯޓުތައް ބުނާގޮތުން ޝީޒަން އާއި ތޫނީޝާ އުޅުނީ ކުރިން ރައްޓެހި ވެގެންނެވެ. އެ ދެމީހުން ރުޅިވިތާ އަދި ވާނީ 15 ވަރަކަށް ދުވަހެވެ. ޝީޒަން ހައްޔަރު ކުރީ ޓުނީޝާގެ މަންމަ ފުލުހުގައި މައްސަލަ ޖެއްސުމުންނެވެ. ނަމަވެސް ތޫނީޝާގެ އޮޓޯޕްސީ ރިޕޯޓެއް މިހާރު ހަދާފައިވާއިރު، އޭނާއަށް އަނިޔާކޮށްފައި ނުވާކަމަށް އެ ރިޕޯޓުން ދައްކައެވެ. 

މި މައްސަލައިގައި އިންޑިއާ ފުލުހުން ބުނެފައިވަނީ އަމިއްލަ އަށް މަރުވީތޯ ނުވަތަ އެނާ މީހަކު މަރާލީތޯ ބަލާނެ ކަމަށެވެ. އަދި ތޫނީޝާގެ ސުއިސަޑު ނޯޓެއް ލިބިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.  

ޓުނީޝާ ވަނީ އޭނާ ކުޑައިރު ވެސް އިންޑިއާގެ ބައެއް ފިލްމުތަކުން ފެނިފައެވެ. ކެޓްރީނާ ކައިފް ކުޑައިރުގެ ރޯލުވެސް ކުޅެފައިވަނީ ޓުނީޝާއެވެ. 

ޓުނީޝާ އެންމެ ފުރަތަމަ އެކްޓު ކޮށްފައިވަނީ ސޮނީ އިން ގެނެސްދިން ޓީވީ ޝޯ 'ބަހާރަތް ކާ ވީރު ޕުޓްރާ - މަހާރަނާ ޕްރަޓަޕް' ގައެވެ. އޭގައި ކުޅެފައިވާ ރޯލަކީ ޗަންޑު ކަންވާ ކިޔާ ކެރެކްޓަރެއްގެ ރޯލެވެ.

އޭނާ އެކްޓުކޮށްފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި، 'ފިތޫރު' ، 'ބާރު ބާރު ދޭކޯ' ، 'ކަހާނީ 2' އަދި 'ދަބަންގް 3' ފާހަގަކޮށްލެވެއެވެ. 

21%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް