މިދިޔަ ނޮވެމްބަރުގައި އޮސޭނޫ އާ ކުޅުނު މެޗުގައި ރަތްކާޑު ދެއްކުމުން ލެވަން ޑޮސްކީ ދަނޑުން ފޭބުމުގެ ކުރިން ރެފްރީގެ ނޭފަތުގައި ހިފުމުން އެ މައްސަލައިގައި ސްޕެއިންގެ އެފްއޭއިން ވަނީ އޭނާ ތިން މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
އޭނާ ސަސްޕެންޑްވީ އޭނާ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އޮޓަމެޓިކުން ސަސްޕެންޑްވާ އެއް މެޗާއި ރެފްރީ އަށް ބޭއިހުތިރާމް ވާ ގޮތަށް އަމަލު ކުރުމުން ދެ މެޗަށް ކުރި ސަސްޕެންޝަނާ އެކު އެވެ.
ލެވަންޑޯސްކީގެ ގާތް ފަރާތްތަކާ ހަވާލާދީ ކޯޓުގައި ބާސާގެ ވަކީލު ބުނީ އޭނާގެ އެ އަމަލަކީ ޕޮލެންޑްގައި އިތުބާރު އޮތްކަން ހާމަކޮށް ދޭ ކަމެއްގެ ގޮތުގައި ބޭނުން ކުރާ އިޝާރާތެއް ކަމަށެވެ.
ލީގުގެ އެއް ވަނައިގައި އޮތް ބާސާ އަށް ކުރިއަށް ތިން މެޗުގައި ވާދަ ކުރަނީ އެސްޕަންޔޯލް އާ ދެކޮޅަށް ކުޅޭ މެޗާއި ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ގެޓާފޭ އާ ދެކޮޅަށް ކުޅޭ މެޗެވެ.