ޔާމީންގެ މައްޗަށް ހުކުމް އިއްވައި، ރޭ ހުކުމް ތަންފީޒުކުރުމަށް ޔާމީން މާފުށްޓަށް ގެންދިޔުމާއެކު ޕީޕީއެމްގެ އިސް ވެރިންނާއެކު ޔާމީންގެ ސަޕޯޓަރުން މަގުތައް މައްޗަށް ނުކުތެވެ. އަދި މަގުތަކުގައި ރޭ އިރާކޮޅުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޕީޕީއެމުން ބުނި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ޕާޓީގެ ސެނެޓާސް ދާއިރާގެ ރައީސުން ހިމެނެއެވެ.
ހުކުމާއެކު ޔާމީނުގެ ގާނޫނީ ޓީމުން ބުނެފައި ވަނީ އެ މަނިކުފާނަށް ކުރި ހުކުމު ގަބޫލު ނުކުރާ ކަމަށާއި އިސްތިއުނާފު ކަމަށެވެ. އަދި އިސްތިއުނާފުން ކުރި ހޯދާ ޔާމީން މައުސޫމުކަން ސާބިތުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.