އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރު ދުވަހަށް ޖަލަށްލުމަށް އިއްޔެވަނީ ހުކުމް ކޮށްފައެވެ.
ޕީޕީއެމް އިން މިރޭ ކުޅުދުއްފުށީގައި ބާއްވާ އިހުތިޖާޖު ކުރުން އޮންނާނީ މިރޭ 8:30 ގައި ޕީޕީއެމް ހޮޅުއަށި ކައިރީގައި ކަމުގައި މައުލޫމާތު ލިބެއެވެ.
މި އެއްވުމުގައި ރައީސް ޔާމީނަށް ތާއިދުކުރާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިންތިޒާމް ކުރާ ފަރާތުން އެދިފައިވެއެވެ.