ޕީޕީއެމް ހޮޅުއަށި ސަރަހައްދުގައި މިރޭ ބޭއްވުމަށް ނިންމި މި އެއްވުން ކެންސަލް ކޮށްފައިވަނީ، އެއްވުން ބޭއްވުމަށް ރާވައި ތަން ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކޮށްފައިވަނިކޮށެވެ.
އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރު ދުވަހަށް ޖަލަށްލުމަށް އިއްޔެވަނީ ހުކުމް ކޮށްފައެވެ. ހުކުމާ ގުޅިގެން ރޭ މާލޭގައި ޕީޕީއެމުން މުޒާހަރާ ކޮށްފައިވެއެވެ.
މިއަދު އިރު އޮއްސުނީއްސުރެ ކުޅުދުއްފުއްޓަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.