ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޖަލުގައި އަންހެނަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތު
ބަންދުކޮށްފައި ހުރި އަންހެނަކަށް ޖަލުގައި ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

ބަންދުކޮށްފައި ހުރި އަންހެނަކަށް ޖަލުގައި ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވީ ހޯމަ ދުވަހު، ކްރިމިނަލް ކޯޓުން އާއްމު ކުރި ކޯޓު އަމުރެއްގައި ހުރި މައުލޫމާތު ތަކުންނެވެ. 

އުމުރުން 31 އަހަރުގެ އަންހެނަކު ހައްޔަރުކުރި މި މައްސަލައިގެ ކޯޓު އަމުރުގައިވާ ގޮތުން، އެ އަންހެން މީހާއަށް ޖަލުގައި އެކި ގޮތްގޮތުން ޖެއްސުން ކުރިއެވެ. އަދި އެކަމާ ގުޅިގެން އެ އަންހެން މީހާ ޝަކުވާ ކުރުމުން "ކްރޮސްކޮށް" ބިޑި އަޅުވާފައިވާ ކަމަށް އެ އަންހެން މީހާއާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ. މި އަންހެން މީހާއަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

ކްރިމިނަލް ކޯޓުގެ ރިޕޯޓުން އެނގޭ ގޮތުގައި މި އަންހެން މީހާއަކީ ކުޑަ ކުއްޖެއްވެސް ގެންގުޅޭ މީހެކެވެ. އޭނާ ހަތް ދުވަހަށް ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން ހޯމަ ދުވަހު އަމުރުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް