ads
ސަލްމާން ހާން
ސަލްމާން ހާންގެ ޓުވިޓާ އެކައުންޓު ހެކްކޮށްފި
ސަލްމާން ހާންގެ ޓުވިޓާ އެކައުންޓު ހެކް ކޮށްލައިފިއެވެ.
Advertisement

ސަލްމާން ހާންގެ ޓުވިޓާ އެކައުންޓު ހެކް ކޮށްލާފައިވާއިރު، އޭނާއަކީ އިންޑިއާގައި ދެ ވަނައަށް އެންމެ ގިނަ ޓުވިޓާ ފޮލޯވަރުން ހުރި މީހާއެކެވ. 40 މިލިއަން ފޮލޯވަރުން އޭނާގެ އެބަތިއްބެވެ. 

ސަލްމާންގެ އެކައުންޓު ހެކްކޮށްލާފައިވަނީ ޓުވިޓާގެ އާ ވެރިޔާ އެލަން މަސްކު އާއި ޖައްސާލައިގެން އުޅޭ ބައެކެވެ. ހެކަރުން ވަނީ ޓުވިޓާގެ ސީއީއޯ އެލަން މަސްކު އެމީހުންނަށް ފައިސާ ނުދީފި ނަމަ 400 މިލިއަން ޓުވިޓާ އެކައުންޓުގެ ޒާތީ މައުލޫމާތު 'ޑާކް ވެބް' އަށް ލީކު ކޮށްލާނެކަމުގެ އިންޒާރު ދީފައެވެ. 

މަޝްހޫރު ސޯޝަލް މީޑިއާ ޓުވިޓާ ހޫނު ފެނަށް ވެއްޓިފައިވާއިރު، ބައެއް މަޝްހޫރު މީހުންގެ ޓުވިޓާ އެކައުންޓުތައް އަންނަނީ ހެކްކުރަމުންނެވެ. އެގޮތުން ގޫގޫލްގެ ސީއީއޯ ސުންދަރު ޕިޝާއީ، އެމެރިކާގެ ލަވަކިއުންތެރިއާ ޗާލީ ޕޯ ގެ ޓުވިޓާ އެކައުންޓު ވެސް ވަނީ ހެކްކޮށްފައެވެ.

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ވަރުގަދަ ސެކުއިރިޓީ އެއްވެސް އިންޑިއާ ސަރުކާރުން މިވަގުތު ދެމުން ގެންދަނީ ސަލްމާން ހާން އަށެވެ.

މިހާރު ސަލްމާން ހާން އަށް ދެމުން ގެންދަނީ "ވައި ޕްލަސް" ސެކިއުރިޓީއެކެވެ.

މިއީ އެގައުމުގެ ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ފަދަ ބޭފުޅުންނަށް ވެސް ދޭ ފެންވަރުގެ ސެކިއުރިޓީއެކެވެ.

ސަލްމާން ހާން އަށް ވަނީ ބިޝޯއީ ކިޔާ ގުންޑާއެއް ދާދި ފަހުން މަރުގެ އިންޒާރު ދީފައެވެ. އޭނާއަށް އިންޒާރު ދިން މީހާއަކީ އިންޑިއާގެ ލަވަ ކިޔުންތެރިއާ މޫސޭ ވާލާ ވެސް މަރައިލި ގޭންގުގެ އިސްކޮށް ހަރަކާތްތެރިވާ ގުންޑާއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް