ads
ނަރީޝް އާއި ޔާމީން
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅީ އުފައްދާފައިވާ ދޮގުހެކި: ހުކުމް
ވ. އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާވެސް ސާބިތުވެ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާއިއެކު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު މިމައްސަލާގައި ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ އުފައްދާފައިވާ ދޮގުހެކިކަމަށް ހުކުމުގައި ބުނެފިއެވެ.
Advertisement

ރައީސް ޔާމީނަށް ކުރި ހުކުމް ކޯޓުން މިހާރު އާއްމުކޮށްފައިވާއިރު ހުކުމުގައި ބުނެފައިވަނީ މިމައްސަލާގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ.

އަދި ރައީސް ޔާމީންގެ ފަތާރުން ހުށަހެޅުއްވި ހެކިވެރިން ކޯޓްގައި ދީފައިވަނީ ދޮގު ހެކިކަމަށް ބެލެވޭކަމަށްވެސް ކްރިމިނަލް ކޯޓްގެ އިސްޤާޒީ އަހުމަދު ޝަކީލް ކުރެއްވި ހުކުމުގައި ވަނީ ބުނެފައެވެ.

އެގޮތުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްއާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝްއާއި ފައިސާ އުފުލި ކާރު ދުއްވަންއިން އަބްދުﷲ ރަޝީދުގެ ހެކިބަހުގައި ބުއްދި ގަބޫލު ނުކުރެވޭ ފުށުއެރުންތައް ހުރިކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ޔޫސުފް ނައީމްގެ އަތުން ޑޮލަރު ގަނެވޭނެ އިންތިޒާމް ރައީސް ޔާމީނަށް ހަމަޖައްސާ ދިންކަމަށް މުހައްމަދު އިސްމާއީލް ބުނިނަމަވެސް އެކަމަށް ބާރުދޭ އިތުރު ހެތްކެއް ނެތުމުން މުހައްމަދު އިސްމާއީލްގެ މި ހެކިބަހަށް ބުރަދަން ނުދެވޭނެކަމަށް މިމައްސަލާގެ ހުކުމުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ފައިސާ ގުނުމުގައި އަމަލުކޮށްފައިވާގޮތް ބުނެދިނުމުގައި ފުށުއެރުންތައް ހުރިމަކާއި އެ ފައިސާ ހިފައިގެން ގ ދޫވެހިން ޔޫސުފް ނައީމްގެ ގެއަށް ދިޔަގޮތާއި އެކަން ހިނގީ ކޮން ދުވަހެއްގައި އަދި ކޮން ވަގުތެއްގައިކަން ބުނެ ނަރީޝްއަށް ބުނެ ނުދެވުނު އިރު އެއީ ދުވާލުގަޑީގައި ނުވަތަ ރޭގަނޑުގެ ވަގުތެއްގައި ހިންގި މުއާމަލާތެއްކަންވެސް ބުނެނުދެވުނުކަމަށް ކޯޓްގެ ހުކުމުގައި ވަނީ ބުނެފައެވެ.

އެއް މިލިއަން ޑޮލަރަށް ވާ ފަނަރަ މިލިއަން ރުފިޔާ ޔޫސުފް ނައީމާއި ހަވާލުކުރުމުން ފައިސާ ހަމަތޯވެސް ބެލުމެއްނެތި ލިއުމެއްގައި ސޮއިކޮށްފައިވާކަމަށް ބުނާ ބުނުމަކީ ސަބަބުވެރި އިންސާނަކު ކުރާނެކަމެއް ނޫންކަމަށްވެސް ހުކުމުގައި ވެއެވެ.

ހިޔާނާތުގެ މައްސަލަ ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމާއިއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވާއިރު ރިޝްވަތު ދިންކަމަށް ސާބިތުވެ ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް