ads
އިދިކޮޅުގެ އިހުތިޖާޖު ތެރެއިން
އިދިކޮޅު އިހުތިޖާޖު: ރޭ ހައްޔަރުކުރި 15 މީހުންވެސް ދޫކޮށްލައިފި
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވަނީ ނުހައްގު ޖަލު ހުކުމެއް ކަމަށް ބުނެ އިދިކޮޅުން މަގުމަތީ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުން ހައްޔަރުކުރި މީހުންވެސް ދޫކޮށްލައިފި އެވެ.

ރޭގެ އިހުތިޖާޖުން 15 މީހަކު ހައްޔަރުކުރި އެެވެ. އެ ޕާޓީން މިއަދު "ސީއެންއެމް" އަށް ބުނިގޮތުގައި އެ އެންމެންވެސް ރޭ ދަންވަރު ވަނީ ދޫކޮށްލާފަ އެވެ. 

އިހުތިޖާޖުތައް އިދިކޮޅުން ފެށީ، މިދިޔަ އާދިއްތަ ދުވަހުގެ ރެއެވެ. އެއީ އާރަށު މައްސަލާގައި ދައުލަތުން ޔާމީން އާއި ދެކޮޅަށް ކުރި މަނީ ލޯންޑަރިންނާއި، ރިޝްވަތު ހިފުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ޔާމީން މާފުށީ ޖަލަށް ގެންދިއުމާއިއެކު އެވެ.

އެރޭގެ އިހުތިޖާޖުގައި 16 މީހަކު ހައްޔަރުކުރިއިރު އެ އެންމެންވެސް އެރޭ ދަންވަރު ވަނީ ދޫކޮށްލާފަ އެވެ. އިދިކޮޅުން ގަބޫލުކުރަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއިއެކު ސާބިތުވި ކުށުގެ ދަރަޖަ މަތިކޮށް ޔާމީން އަށް އިއްވި ޖަލު ހުކުމަކީ ”ހަރާމް ހުކުމެއް“ ކަމަށެވެ. އަދި އެއީ ފަނޑިޔާރުންގެ ބޮލުގައި ބަޑި ޖައްސައިގެން އިއްވި ހުކުމެއް ކަމަށެވެ. 

ރޭގެ އިހުތިޖާޖުގައިވެސް ބައިވެރިން ގޮވާލީ ”ހަރާމް ހުކުމް، ބާތިލު“ ކުރުމަށާއި، ޔާމީން މިނިވަން ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް