ads
ޔޫޓީއެފްގައި ސޮއިކުރުން 21 ފެބްރުއަރީ 2021: ފޮޓޯ އެމްއެންޑީއެފް
އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ ކުންފުންޏަކަށް
އެމްއެންޑީއެފްގެ އުތުރު ތިލަފަޅު ނުވަތަ (ޔޫޓީއެފް)ގެ އަސްކަރީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާގެ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ރެއިލް ވިކާސް ނިގާމް ލިމިޓެޑް (އާރުވީއެންއެލް)އާ ހަވާލުކޮށްފިކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރުންވެސް އަދި އެމްއެންޑީއެފުންވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

އިންޑިއާ ސަރުކާރުގެ ލޯނާއި ހިލޭ އެހީގެދަށުން ތަރައްގީކުރާ މިބަނދަރު ތަރައްގީ ކުރާނެ ކުންފުންޏެއް ކަނޑައަޅާފައިވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީންނެވެ. 

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުން މިމަސައްކަތް އާރުވީއެންއެލްއާއި ހަވާލުކޮށްފައިވަނީ 186.3 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 2.9 ބިލިއަން ރުފިޔާ އެވެ. އެއްބަސް ވުމުގައި ސޮއިކުރާތާ ދެ އަހަރު ދުވަސް ތެރޭ މިމަސައްކަތް ނިންމަން ޖެހެއެވެ.

އުތުރު ތިލަފަޅު މަޝްރޫއަކީ 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ އަސްކަރިއްޔާއާއި ދެމެދު ސޮއިކުރެވުނު އަސްކަރީ އެކްޝަން ޕްލޭންގައި ހިމެނޭ މަޝްރޫއެކެވެ. ނަމަވެސް އެކްޝަންޕްލޭންގެ ދަށުން ޔޫޓީއެފް އެގްރިމެންޓްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކޮށްފައިވަނީ 21 ފެބްރުއަރީ 2021 ގައެވެ.

ޔޫޓީއެފް އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކޮށް މެނޭޖްކުރާނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެންނެވެ. އަދި އެކަމަށްޓަކައި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެތިބޭނެ އެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ 15 އަހަރު ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް